އދ. ގެ މައިމަރުކަޒުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިމާމުވެ އިއްޔެ ކުރެއްވި ހުކުރު ނަމާދުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ފުރަތަމަ ސަފުގައި ހުރި ކުޑަކުއްޖާގެ ސިފައަށް ހަޖޫޖަހައި މީސް މީޑިއާގައި ރާއްޖޭގެ ދީނީ ޝައިޚަކު ދެއްކި ވާހަކައަކާއި ގުޅިގެން މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ކުރީގެ ބަންޑާރަނާއިބު އަލްޢުސްތާޛާ އާޒިމާ ޝަކޫރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އދގެ މައި މަރުކަޒުގައި އިއްޔެ މިނިސްޓަރ ޝާހިދު އިމާމުވެ ކުރެއްވި ހުކުރު ނަމާދުގެ ފުރަތަމަ ސަފުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުރި ކުޑަކުއްޖާއަކީ އަންހެން ކުއްޖެއް ކަމަށް ބުނެ މީސްމީޑިއާގައި ވަނީ ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދީނީ އިލްމުވެރިއަކު އިސްވެ ހުންނެވިއިރު، އެއީ އަންހެން ކުއްޖެއް ކަމަށް ބުނެ ފާޑުކީ މީހުން ބުނެފައިވަނީ އަންހެން ކުއްޖަކު އެފަދަ ޖަމާއަތެއްގެ ކުރީ ސަފުގައި ބެހެއްޓުމަކީ ރަސޫލާގެ ސުންނަތާއި ހިލާފު ކަމެއްކަމަށެވެ.
މިކަމާ ގުޅޭގޮތުން އެކި ގޮތަށް ވާހަކަ ދެކެވެމުންދަނިކޮށް، އެކަމުގެ ހަގީގަތް ސާފުކޮށްދެއްވައި އެކަމަށް ރައްދު ދެއްވީ، ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލާ އާޒިމާ ޝަކޫރެވެ. އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަބްދުﷲ ޝާހިދުގެ ފަހަތްޕުޅުގައި ނަމާދަށް ހުރީ، އިނގިރޭސި ވިލާތުގައި މަސައްކަތް ކުރައްވާ ރާއްޖޭގެ ޑިޕްލޮމެޓެއްގެ ފިރިހެން ދަރިއެއް ކަމަށެވެ.
"އިސްތަށިގަނޑު ދިގު ކޮންމެ މީހަކީ އަންހެނަކަށް ވާކަށް ނުޖެހޭ. މީހަކު ކުރާ ކޮންމެ ކަމަކުން ގޯސް ހޯދަން ބޭނުންވިޔަސް މީހުންގެ ޅަދަރިން އޭގައި ޝާމިލު ނުކުރަމާތޯ؟ ތެދު ހަގީގަތް ހޯދުމަށްފަހު ކުރަމާތޯ؟" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، އާޒިމާ އެފަދައިން ވިދާޅުވެގެން އެންމެންވެގެން އޭނާ "ކާލާނީއެއްނޫން" ކަމަށާއި ކުޑަކުއްޖަކާ އަޅައިގަނެގެން އެންމެން އުޅޭތީ ހަގީގަތް ހާމަކޮށްދެއްވީކަމަށެވެ. ފޭސްބޫކްގައި ކުރެއްވި އެ ޕޯސްޓް ނިންމަވާލައްވަމުން އާޒިމާ ވިދާޅުވީ، އޭނާއެކަން ސާފުކޮށްދެއްވީ ކޮންމެހެން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ސަޕޯޓަރަކަށް ވެގެން ނޫންކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން ކުއްޖަކީ، ރާއްޖޭގެ ޑިޕްލޮމެޓެއް ކަމަށްވާ ތިލްމީޒާ ޙަސަންގެ ދަރިކަލެކެވެ.
ކުޑަކުއްޖަކާ ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ފަތުރާފައިވާތީ، ޖެންޑާ މިނިސްޓްރީން ވެސް ވަނީ މިއަދު އެކަން ކުށްވެރި ކޮށްފައެވެ. އެމިނިސްޓްރީން ނެރުނު ވަރަށް ކުރު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރ ޝާހިދު އިމާމުވެ ކުރައްވާފައިވާ ހުކުރު ނަމާދުގައި، ފުރަތަމަ ސަފުގައި ނަމާދުކުރަން ހުރީ ރާއްޖެއިން އދ. އަށް ފޮނުވާފައިވާ ޑިޕްލޮމެޓެއްގެ ފިރިހެން ދަރިކަލެއްކަމަށެވެ. އަދި ހަގީގަތް ބެލުމެއް ނެތި ކުޑަކުދިންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެކި މޭރުމުން ވާހަކަ ދެއްކުމަކީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނެ ކަމެއްކަމަށްވާތީ އެފަދަ ކަންކަން ނުކުރުމަށް ވެސް ޖެންޑަރ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މިކަމުގައި ފާޑު ކިއުމުގައި އެންމެ އިސްކޮށް ހުރީ ރާއްޖޭގެ ދީނީ ޢިލްމްވެރިއެއް ކަމަށް ބުނާ ޝައިޚު ޒަމްޒަމް ފާރިޝް ކަމަށް އެނގިފައި ވެއެވެ. އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ހަގީގަތް ބެލުމެއް ނެތި މުޖުތަމަޢުގައި ނަފުރަތާއި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް އިސްލާމް ދީނާއި ގުޅުވައިގެން އެކި ކަންކަމުގައި ފާޑު ކިޔާ މީހެއްކަން ފާހަގަކޮށްލެވެއެވެ.

ކުޑަ ކުއްޖަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައާ ގުޅޭގޮތުން ދަންނަވަމެވެ: pic.twitter.com/9FRZPxjWvv
— Ministry of Gender, Family and Social Services (@MoGFSSmv) April 30, 2022
ކުޑަކުއްޖަކާ ގުޅޭގޮތުން އެފަދަ ވާހަކަތަކެއް ފަތުރާފައިވާތީ، ޖެންޑާ މިނިސްޓްރީން ވެސް ވަނީ މިއަދު އެކަން ކުށްވެރި ކޮށްފައެވެ. އެމިނިސްޓްރީން ނެރުނު ވަރަށް ކުރު ބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރ ޝާހިދު އިމާމުވެ ކުރައްވާފައިވާ ހުކުރު ނަމާދުގައި، ފުރަތަމަ ސަފުގައި ނަމާދުކުރަން ހުރީ ރާއްޖެއިން އދ. އަށް ފޮނުވާފައިވާ ޑިޕްލޮމެޓެއްގެ ފިރިހެން ދަރިކަލެއްކަމަށެވެ. އަދި ހަގީގަތް ބެލުމެއް ނެތި ކުޑަކުދިންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެކި މޭރުމުން ވާހަކަ ދެއްކުމަކީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނެ ކަމެއްކަމަށްވާތީ އެފަދަ ކަންކަން ނުކުރުމަށް ވެސް ޖެންޑަރ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މިކަމުގައި ފާޑު ކިއުމުގައި އެންމެ އިސްކޮށް ހުރީ ރާއްޖޭގެ ދީނީ ޢިލްމްވެރިއެއް ކަމަށް ބުނާ ޝައިޚު ޒަމްޒަމް ފާރިޝް ކަމަށް އެނގިފައި ވެއެވެ. އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ހަގީގަތް ބެލުމެއް ނެތި މުޖުތަމަޢުގައި ނަފުރަތާއި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް އިސްލާމް ދީނާއި ގުޅުވައިގެން އެކި ކަންކަމުގައި ފާޑު ކިޔާ މީހެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު