ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި އެޖަލުގެ ގައިދީނާއި ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މާފުށީ ޖަލުގެ ޔުނިޓް 8 ގެ ގައިދީނާއި ބައްދަލުކުރެެއްވީ، ގައިދީންނަށް މިއަދު ދެއްވި ރޯދަ ވީއްލުމެއްގެ ތެރެއިންނެެވެ. އެގޮތުން މާފުށީ ޖަލުގެ ޔުނިޓް 8ގެ އަންހެން ގައިދީންނާއެކު އިމްރާން ވަނީ ރޯދަ ވީއްލުމެއްގައި ބައިވެރިވަޑައިގެންފައެވެ.
މި ރޯދަ ވީއްލުމަށްފަހު އިމްރާން ވަނީ މާފުށީ ޖަލުގެ ޔުނިޓް 8ގެ ގައިދީންނާއި ބައްދަލުކުރައްވައި އެ ގައިދީންގެ ހާލަތު އޮޅުންފިލުއްވާފައެވެ. އަދި ގައިދީންނާއެކު ބައެއް ކުޅިވަރުތަކުގައި އިމްރާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރޯދަ ވީއްލުމުގައި ހޯމް މިނިސްޓްރީގެ އިސްވެރިން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ވެސް ބައިވެރިވެވަޑަައިގެންނެވިއެވެ. އިމްރާން ވަނީ މީގެ ކުރިންވެސް ޖަލަށް ވަޑައިގެން ގައިދީންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންފައެެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އާއި އެމިނިސްޓްރީގެ އިސްވެރިން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ޖަލުގެ ޔުނިޓު 8 ގެ ޤައިދީން ބައްދަލުކުރައްވާ އަދި އަންހެން ޖަލުގެ ޤައިދީންނާއި އެކު ރޯދަވީއްލަވައި، ޤައިދީންގެ ޙާލަތު ގާތުން އޮޅުންފިލުއްވައިފި pic.twitter.com/4QSR6G8wGu
— Maldives Correctional Service (@CorrectionsMv) April 30, 2022
މި ރޯދަ ވީއްލުމަށްފަހު އިމްރާން ވަނީ މާފުށީ ޖަލުގެ ޔުނިޓް 8ގެ ގައިދީންނާއި ބައްދަލުކުރައްވައި އެ ގައިދީންގެ ހާލަތު އޮޅުންފިލުއްވާފައެވެ. އަދި ގައިދީންނާއެކު ބައެއް ކުޅިވަރުތަކުގައި އިމްރާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރޯދަ ވީއްލުމުގައި ހޯމް މިނިސްޓްރީގެ އިސްވެރިން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ވެސް ބައިވެރިވެވަޑަައިގެންނެވިއެވެ. އިމްރާން ވަނީ މީގެ ކުރިންވެސް ޖަލަށް ވަޑައިގެން ގައިދީންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންފައެެވެ.
ކިޔުންތެރިންގެ ހިޔާލު