އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވަން ނިންމެވީ، ފައްޔާޒުގެ ހިންގުންތެރިކަމާއި ހުނަރާ ގާބިލުކަމަށް ބަލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން ފައްޔާޒުގެ ކެމްޕޭން ޓީމަށް ދިން އިންޓަވިއުއެއްގައި އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ފައްޔާޒަށް ތާއީދުކުރަން ނިންމީ ވަރަށް ވިސްނާފައި ކަމަށާއި، ގޮތެއް ނިންމުމުގައި ބެލީ، ކުރަން މިއުޅެނީ ކޮންކަމެއްތޯ ކަމަށެވެ. އެގޮތުން، އެމްޑީޕީގައި މިވަގުތު ކުރަންޖެހިފައި އޮތް މަސައްކަތްތަކަށް ވިސްނާލާ، އެ ކަންކަން ހާސިލު ކުރުމަށް، މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި މެދު ވިސްނާފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކުރަން މިއުޅޭ ކަންކަމަށް ބަލާއިރު، ހުނަރާއި ގާބިލުކަމާއި ހިންގުންތެރިކަމަށް ބަލާލުމުން އެނގިގެން ދިޔައީ، އެމްޑީޕީ ހިންގާލަން ފައްޔާޒު މާބޮޑުތަނުންވެސް ރަނގަޅުވާނެކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސަބަބެއްކަމަށްވީ މިހާރު ދައުލަތުގެ ވަޒީރަކަށްވެސްވެ ހުރެ އަދި މިދިޔަ ދަތި ހާލަތުގައި ރާއްޖެ މިދިޔަ ކޮވިޑު ހާލަތާއި އަދި އެހެންވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި މި ރާއްޖެ މި ދުއް ދަތިދުވަސްތަކުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި އެއްކޮށް އެޓީމުގައި އެންމެ ބުރަކޮށް އެންމެ ހީވާގިކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ އެއީ. އަނެއްކޮޅުން ރާއްޖޭގެ ވަޒީރުންނަށް ބަލާލިކަމުގައިވިޔަސް އަޅުގަނޑަށް ވަރަށް ހަރަކާތްތެރިކޮށް އަދި ވަރަށް ބޮޑަށް މިހާލަތުގައި ނަތީޖާތަކެއް ނެރުއްވާފައިހުރި ވަޒީރެއް ފަޔާއަކީ." އަޙްމަދު ޢަބްދުﷲ ގެ ވާހަކައިގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީ އެހެން ހަރުފަތަކަށް ގެންދަން ބޭނުންނަމަ، އެކަން ކުރެވޭނެ މީހަކަށް ފެނުނީ ފައްޔާޒު ކަމަށެވެ.
ޗެއަރޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އިތުރުވެ މުޅި އެމްޑީޕީ ދެބަޔަކަށް ބެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ތާއީދު ކުރައްވަނީ ފައްޔާޒަށްކަން ވަނީ ހާމަކޮށްފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއްވެސް އޮތީ ފައްޔާޒު ފަޅީގައިކަން މަޖިލީހުގެ ޖަލްސާތަކާއި، ގައުމީ މަޖިލީހުގެ އެންމެފަހުން ބޭއްވި ޖަލްސާއިންވެސްވަނީ ސާފުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު