ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމަށް އަޙްމަދު ލަޠީފް (ސީވީޑް ލަތީފް) އައްޔަންކުރައްވައިފި އެވެ.

ލަތީފް އެ މަޤާމަށް ހަމަޖެއްސެވީ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުގައި ހުންނެވި ޢަބްދުލްޣަފޫރު މުޙައްމަދު އެމަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. ލަޠީފު މީގެ ކުރިން ހުންނެވީ ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.

ފޮރިން ސެކެޓްރީގެ މަގާމުގައި މީގެކުރިން ހުންނެވީ ޢަބްދުލްޣަފޫރު މުޙައްމަދެވެ. އޭނާ މިހާރު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ބަދަލުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު