މިއަދު ހާމަވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ މުސްތަގުބަލަށް ވިސްނާ ވަޑައިގެން ވައުދު ފުއްދަވަން މަސައްކަތްކުރާ މިންވަރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެެވެ.
މިނިސްޓަރު އާއިޝަތު އަލީ މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުންނެެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު، ތައުލީމާއި އުނގެނުމަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއެކު އުނގަންނައިދިނުމަށް ރައީސް ޞާލިހު ދެއްވާ މަތިވެރި ގަދަރު ހާމަވެގެންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ޓީޗަރުންގެ މުސާރަ ބޮޑުކުރުން އެއީ ލިބުނު ވަރަށް ރަނގަޅު އީދު ހަދިޔާއެއް ކަމަށެވެ.
"މިއީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް ލިބުނު ވަރަަށް ރަނގަޅު އީދު ހަދިޔާއެއް، އަޅުގަނޑުމެން އެންމެން ވަރަށް އުފަލުން މިތިބީ ދަންނަވާލަން ބޭނުންވަނީ ޝުކުރިއްޔާ އޭ ރައީސް ސާލިހަށް." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ލީޑިންގ ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށާއި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުސާރަ ބޮޑުކުރި ޓީޗަރުންގެ ތެރޭގައި ގުރުއާނާ ބެހޭ މަރުކަޒުގައި މަސައްކަތް ކުރާ ގުރުއާން ޓީޗަރުންނާއި ޕްރީސުކޫލްތަކުގައި މަސައްކަތް ކުރާ ސަރުކާރު ޓީޗަރުންގެ މުސާރަ ވެސް ބޮޑު ވެގެން ދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަށް އަބުރުވެރިކަމާއެކު އުޅެވޭނޭ އުޖޫރައެއް ހަމަޖެހިގެން ދިއުމަކީ، އެމީހުންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ. އަދި މިއީ މޮޅު މީހުން މުދައްރިސު ކަމަށް ކުރިމަތިލާނޭ ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"މުސާރަ އާއި އެހެން އިނާޔަތްތައް މަދުވީމަ މުދައްރިސުން ނުވަތަ އާ ކުދިން މި ދާއިރާއަށް އަންނަން ފަސްޖެހޭ. ނަމަވެސް މިއައި ހެއު ބަދަލާއެކު އަޅުގަނޑުމެން އުއްމީދު ކުރަނީ ހަމަ ރަނގަޅު ކުދިން މިދާއިރާއާއި ގުޅޭނެ ކަމަށް އަދި މިދާއިރާގައި ތިބި ރަނގަޅު މުދައްރިސުން ވެސް އެހެން ވަޒީފާތަކަށް ނުދާނެ ކަަމަށް." އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްފައިވާކަން އިއުލާން ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ތައުލީމީ ދާއިރާގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެހެން މުވައްޒަފުން ހިމެނޭއިރު އޮނިގަނޑަށް ސަރުކާރުން މި ގެނައީ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރައްވާނެ ކަމަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށެވެ.
"ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު