ޢީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖްތިމާޢީ ހަމަހަމަކަން ޤާއިމުކޮށް، މުޖްތަމަޢުގައި ތިބި ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙު މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބެެއްގައެވެ. މި ޚިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދާ ބައްދަލުކުރާއިރު، އިޖްތިމާޢީ ގުޅުންތަކާއި ޢާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް، އިސްލާމް ދީނުގައި ދީފައިވާ ޚާއްޞަ ސަމާލުކަން ހަނދާންކުރަންޖެހޭ ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ ޢީދުގެ އުފާ ފާޅުކުރުން، ޢާއިލާގެ ތެރެއިން ފެއްޓުމަށާ، މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ޙާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާ ބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއްކަމަށެވެ.
"ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް، ޢީދުގެ އުފާ ފާޅުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެކެވެ." ރައީސް ސާލިޙު ވިދާޅުވިއެވެެ.
މީގެ އިތުރުން ރައީސްގެ ޚިތާބުގައި ވަނީ އިސްލާމް ދީނުގައި ޢީދުގެ އުފާ ފާޅުކުރުން އޮތީ، އިޖްތިމާޢީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައިކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާ ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެއްކަމަށެެވެ.
"އޭގެ އިތުރުން މުޖްތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަންކަމެވެ.،" ރައީސްގެ ޚިތާބުގައިވެއެެވެ.
ފިޠުރު ޢީދާއި ގުޅިގެން ފޮނުއްވި މި ޚިޠާބުގައި ރައީސް ސާލިޙު ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިޠުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު