މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން - ފޮޓޯ: ފެނަކަ
މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން - ފޮޓޯ: ފެނަކަ
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ބްރާންޗްތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ފެށި މި ހަރަކާތްތައް މިރެއާއި ހަމަޔަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ރަށްރަށުގައި ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށް ތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

ފެނަކައިން ބުނީ، ބައެއް ރަށްރަށުގައި މި ދުވަހާ ގުޅުވައިގެން ގޭބިސީ ތަކަށް ޒިޔާރަތް ކޮށް ގޭބިސީތައް ސާފުކޮށް އަމަލީގޮތުން ބައެއް މަސައްކަތްތައް ވެސް ކޮށްދީފައިވާކަމަށެވެ. އަދި ރަށްރަށުގެ އެކި ސަރަހައްދު ތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންގޮސްފައިވާކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން، މި ދުވަހާ ގުޅުވައިގެން އެންމެ ދުވަސްވީ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް އެ ފަރާތަކަށް ވަނީ ބައެއް ބްރާންޗްތަކުން ހަދިޔާ ހަވާލު ކޮށްފައި ކަމަށާއި މުވައްޒަފުންގެ މެދުގައި ހަދިޔާ ބެހުމާއި އެކު އެކީގައި ރޯދަ ވީއްލުން ފަދަ ތަފާތު އެކި ހަރަކާތްތައް މި ދުވަހާ ގުޅިގެންދަނީ ކުރެވެމުންކަމަށް ފެނަކައިން ބުނެއެވެ.

މެއި 1 ވަނަ ދުވަހަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު