މުސާރަ ބޮޑުކުރި ޚަބަރު މީޑިޔާތަކުގައި ގެނެސްދިނުމަށް ބައެއް މީޑިޔާތަކަށް ސަރުކާރުން ފައިސާ ދިން ކަމަށް ދެކެވޭ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން އެ ޚަބަރު މީޑިޔާތަކުގައި ގެނެސްދީފައިވަނީ ސަރުކާރުން ފައިސާ ދީގެންކަމަށް ބުނެ ބައެެއް މީޑިޔާތަކުން ވަނީ ދޮގު މައުލޫމާތު ފަތުރާފައެވެ.
މި ޚަބަރު ދޮގު ކުރަށްވައި ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ އެފަދަ އެއްވެސް ކަމަކަށް ފައިސާ ޙަރަދުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށް މަބުރޫކް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން އިއުލާން ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާ ކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށްވީ ނަމަވެސް ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.
މިއަދު މުސާރައަށް ގެނައި ބަދަލަކީ މުވައްޒަފުން ބަލައިގަންނާނެ ބަދަލަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު