ގައުމާއި ރައްޔިތުންނަށް ހެވެއް އޮތީ ރައީސް ސާލިޙާއި މި ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު ޔައުގޫބް އަބުދުﷲ މިހެން ވިދާޅުވީ ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ނިންމައި ރައީސް ސާލިޙު އެކަން އިއުލާން ކުރެއްވުމާއި ގުޅިގެންނެވެެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދު ﷲ ވިދާޅުވީ، ރައީސްގެ ސާލިޙުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރައަށް ހެއު ބަދަލެއް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކަމަށެވެ.
"މިއަދު އިތުރަށް ހާމަވެގެން އެދިޔައީ ކުރިއަށް އޮތްތަނުގައި ގައުމާ ރައްޔިތުންނަށް ހެވެއް އޮތީ ރައީސް ސާލިޙާއި މި ސަރުކާރަށް އެއްބާރުލުން ދީގެން ކަަން،" ޔައުގޫބް ވިދާޅުވިއެެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން އިއުލާން ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށްވީ ނަމަވެސް ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.
"ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވަނީ އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.

Raees @ibusolih vaudhuvevadaigenfaivaa fadhain miadhu efudhdhavaidhevvee Teacherunge musaara ah gennan vaudhuvi heyo badhal. Miadhu ithurah haamavegen e dhiyaee kuriyah oithanugaives gaumaai rayyithunnah heveh othee Raees @ibusolih aai mi sarukaarah ebbaarulun dheegenkan. 👏👏👏
— Yaugoob Abdulla (@Yaugoob181) May 1, 2022
"މިއަދު އިތުރަށް ހާމަވެގެން އެދިޔައީ ކުރިއަށް އޮތްތަނުގައި ގައުމާ ރައްޔިތުންނަށް ހެވެއް އޮތީ ރައީސް ސާލިޙާއި މި ސަރުކާރަށް އެއްބާރުލުން ދީގެން ކަަން،" ޔައުގޫބް ވިދާޅުވިއެެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން އިއުލާން ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ ޓީޗަރުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ބުރަ ޒިންމާއެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށްވީ ނަމަވެސް ޓީޗަރުންނަށް މިއަދާ ހަމައަށް ވެސް ލިބެނީ އެކަށީގެންވާ އުޖޫރައަށް ވުރެ ކުޑަ އުޖޫރައެއް ކަމަށެވެ.
"ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވަނީ އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު