އަބުރުވެރި ފަހުރުވެރި އާއިލާއެއްގެ ބިންގާ ސަރުކާރުން އަޅައިދެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އިއްޔެ ނިއްމެވުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ، މި ސަރުކާރުން ހޯދައިދިނީ ހަމައެކަނި ހިލޭ ޑިގްރީގެ ފުރުސަތެއް ނޫން ކަމަށެވެ. އަދި އެ ޑިގްރީ ނިއްމުމަށްފަހު ވަޒީފާ އަށް ނިކުންނަ ފަރާތްތަކަށް ރަނގަޅު އުޖޫރައެއް ދޭނެ ނިޒާމް ތަންފީޒު ކުރަމުންދާ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
"އަބުރުވެރި ދިރިއުޅުމަކާއި ފަހުރުވެރި އާއިލާއެއްގެ ބިންގާ މިދަނީ އަޅައިދެމުން." ހަމްދާން ވިދާޅުވިއެވެ.
ސަރުކާރުން ޓީޗަރުންގެ މުސާރަ އަށް ގެނައި ބަދަލުތަކާއެކު ޓީޗަރުންގެ މުސާރަ ވަނީ 20000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ޕްރިންސިޕަލުންނަށް 30000 ރުފިޔާއަށް ވުރެ މަތީ މުސާރައެއް ދޭންވަނީ ނިންމާފައެވެ.
ރައީސް ސާލިޙު ވަނީއުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.

ޓީޗަރުންނާ ނަރުހުންނާ ޑޮކްޓަރުންނާ ޕޮލިހުންނާ ސިފައިންނާ ނޫނީ ކޮން ފުރުސަތެއްތޯ އޮތީ؟ ސަރުކާރުތެރޭގަ ކޮންތާކުތޯ ހަމަހަމަ ފުރުސަތު އޮތީ؟
— Ahmed Naail Manik 🙋🏻♂️ (@NaailManik) May 1, 2022
"އަބުރުވެރި ދިރިއުޅުމަކާއި ފަހުރުވެރި އާއިލާއެއްގެ ބިންގާ މިދަނީ އަޅައިދެމުން." ހަމްދާން ވިދާޅުވިއެވެ.
ސަރުކާރުން ޓީޗަރުންގެ މުސާރަ އަށް ގެނައި ބަދަލުތަކާއެކު ޓީޗަރުންގެ މުސާރަ ވަނީ 20000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ޕްރިންސިޕަލުންނަށް 30000 ރުފިޔާއަށް ވުރެ މަތީ މުސާރައެއް ދޭންވަނީ ނިންމާފައެވެ.
ރައީސް ސާލިޙު ވަނީއުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު