ރައީސް ޔާމިން "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން ހުސައިން ސައީދު
ރައީސް ޔާމިން "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން ހުސައިން ސައީދު
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން "ސައިޒު" ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް އިދިކޮޅު ކޯލިޝަނުން ފުލުހުންގެ އިދާރާއަށް ރޭ ހުށައަޅައިފި އެވެ.

ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކުރީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި ޝޯޝަލް މީޑިޔާގައި ހިންގާ އެކައުންޓަކުން މިރޭ އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ހުސައިން ސައީދު ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާ އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ.





ރައީސް ޔާމީން އިސްކޮށް ހުންނަވާ ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތާ އެ ފޯހުން ދެކޮޅު ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ ރައީސް ޔާމީން އިތުރުފުޅު ހައްދަވާ ކަމަށް އޭނާ ބުނެފައިވެއެވެެ.

ރައީސް ޔާމީނަށް އިޝާރާތްކޮށް އެ މީހާ ބުނީ ރައީސްކަން ކޮށްފައިވާ މީހަކު ނިކުމެ ރާއްޖެ އިނދަ ޖައްސާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީޑިޔާއަށް މައުލޫމާތު ދެެއްވަމުން އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ރަސްމީކޮށް އެކަން ބަލައިދިނުމަށް މިހާރު އެދިފައިވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ކަނޑައަޅައި އެކަން ހުއްޓުވުމަށް ކަމާ ބެހޭ މުވައްސަސާތަކަށް އަންގަވައި ރައީސް ސާލިޙު ދާދިފަހުން ވަނީ ގަރާރެއްވެސް ނެރުއްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު