ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކުން ދުރުހެވިލުވުމަށް އަޒުމް ކަނޑައެޅުމަށް މިއަދުގެ ފިތުރު އީދު ޚުތުބާގައި ގޮވާލައިފިއެވެ.
މާލޭ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ހެނދުނު ވަނީ ފިތުރު އީދު ނަމާދު ކޮށްފައެވެ. މާލެ އާއި ގިނަ ރަށްރަށުގައި މިއަދު އީދު ނަމާދު ކުރީ ބޮޑު ޖަމާއަތުގައެެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ފިތުރު އީދުގެ ހުތުބާގައި ބުނެފައިވަނީ ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކުން ދުރުހެވިލުވުމަށް މިއަދު އަޒުމް ކަނޑައެޅުމަށާއި ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރަން ޖެހޭ ކަމަށެވެ. އަދި އެންމެ ފުރަތަމަ މާތްﷲގެ ހައްގުތައް އަދާކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
"އީދު ދުވަހު އަރަމުންދާ އިރާއެކު ތިބާގެ މޫނުމަތީން ހިނިތުންވުމުގެ އަސަރު ފާޅުކުރާށެވެ. ލޯތްބާއި ކުލުނާއި އަހުވަަންތަކަމުގެ ބެބެޅުމުން ތިބާގެ މޫނު ބަބުޅައިލާށެވެ. ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކުރާށެވެ. ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ،" މިއަދުގެ ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ބައެއް މީހުން ރޯދަ މަހު މާތްﷲގެ ހަޟުރަތަށް ކުއްތަންވެވޭތޯ މަސައްކަތްކޮށް ނަމާދުކޮށް ރޭއަޅުކަން އަދާކޮށް ރޯދަ ހިފި ނަމަވެސް ރޯދަ މަސް ނިމުމާއެކު ނަމާދު ކުރަން ހަނދާން ނުހުންނަ ކަމަށެވެ. އަދި އެއާއެކު މާތްﷲ އާ އެބައިމީހުންނާ ދެމެދުގައިވާ ވާފަށް ކަނޑާލާ ކަމަށް ހުތުބާގައި ބުނެފައިވެއެެވެ.
"ރަމަޟާން މަހުގެ ތަރުބަވީ މަދަރުސާއިން ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމި ތިބުމަށް އަޒުމް ކަނޑައަޅާށެވެ. މާތްﷲ އަށް ބިރުވެތިވުމުގެ މަތިވެރި މާތް ސިފައިގައި ސާބިތުވެ ތިބޭށެވެ. ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދިން ކެތްތެރިކަމާއި ތެދުވެރިކަމާއި ދީލަތިކަމާއި ހިތް ސާފު ކަމާއެކު އަތާއި ދުލުން މުސްލިމުން ރައްކާތެރި ކުރުން ފަދަ މަތިވެރި ހުރިހާ ސިފަތަކެއްގެ މަތީގައި ހަޔާތުގެ ބާކީ އޮތްތަން ހޭދަ ކުރުމުގެ ތައުފީގު ދެއްވުން އެދި މާތްﷲ ގެ ހަސްރަތުގައި ގިނަ ގިނައިން ދުއާ ދަންނަވާށެވެ." ހުތުބާގައިވެއެެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސް ކަމަށް ބުރޫ އަރާފަދަ ކަންތައްތަކުން އެންމެހައި ރައްޔިތުން ދުރުހެލިވުމަށް ގޮވާލާފައެވެ. އަދި ހުތުބާގައި ބުނީ އެންމެ އިސްކަންދޭންވީ އަމާންކަން ގާއިމް ކުރުމަށް ކަމަށެވެ.
"މި ނިއުމަތް ރަައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމެއް ތަނަވަސް ކަމެއް ހަކަތަ އެއް ހޭދަކުރަންޖެހޭނެއެެވެ." ހުތުބާގައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު