ޤާނޫނު އަސާސީގައި ހުރި ޙައްޤުތައް ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ބެލެވޭ ގޮތުގައި ޑރ. ޝަހީދު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބާއްވަން ނިންމި މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގުމާއި ގުޅިގެންނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ފަހުން ވަނީ އެ ހަރަކާތް ބޭއްވުމަށް ހުއްދޭން ނިންމާފައެވެ.
ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮންމެ ހާލަތެއް ދިމާވިޔަސް ޤާނޫނު އަސާސީއަށް ވެރިން ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ޤާނޫނު އަސާސީގައި ލިޔެފައި ހުންނަނީ ހިޔާލީ ޙައްޤުތަކެއްގެ ވާހަކަ ނޫން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެެ.
"އެޙައްޤުތައް ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް. ކޮންމެ ހާލަތެއް ދިމާވިޔަސް ޤާނޫނު އަސާސީއަށް ވެރިން ތަބާވާން ޖެހޭ." ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މީގެކުރިން ވަނީ ރައީސްގެ ގަރާރަކުން އިންޑިއާ އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓުވާފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެެވެ. ޝަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށެެވެ. ޑރ. ޝަހީދު ވިދާޅުވީ ދިވެހި ހާރިޖިއްޔާ، ގޮތް ހުސްވެއްޖެކަމަށް ސަރުކާރުން ސިފަކުރުމަކީ ފޮރިން މިނިސްޓްރީއަށް ކުރާ ބޭއިންސާފެއް ކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށެވެ.

Qanun Asaasee gai liyefa hunnanee khiyaalee haqqu thakegge vaahaka eh nooneve. E haqqu thah haqeeqathakah hadhaadhinumakee Dhaulathuge zimmaa ekeve. Komme haalatheh dhimaaviyas QA ah verin thabaavaan jehe eve.
— Ahmed Shaheed (@ahmedshaheed) May 1, 2022
"އެޙައްޤުތައް ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް. ކޮންމެ ހާލަތެއް ދިމާވިޔަސް ޤާނޫނު އަސާސީއަށް ވެރިން ތަބާވާން ޖެހޭ." ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މީގެކުރިން ވަނީ ރައީސްގެ ގަރާރަކުން އިންޑިއާ އާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓުވާފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެެވެ. ޝަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށެެވެ. ޑރ. ޝަހީދު ވިދާޅުވީ ދިވެހި ހާރިޖިއްޔާ، ގޮތް ހުސްވެއްޖެކަމަށް ސަރުކާރުން ސިފަކުރުމަކީ ފޮރިން މިނިސްޓްރީއަށް ކުރާ ބޭއިންސާފެއް ކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު