ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ހދ އަތޮޅުގެ ރަށްތަކުގައި ފެށުމަށް ދަތުރުތައް ތާވަލު ކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެ ރަށްތަކަށް ކަމަށެވެ. އެގޮތުން މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ފެށިގެން ދާނެކަމަށް އެ ކުންފުނިން ބުނެ އެވެ.
ޒޯން 1 ގައި ދެން ހިމެނޭ ރަށްތަކަކީ ހއ އަދި ށ އަތޮޅުގެ ރަށްތަކެވެ.
މި ޚިދުމަތަކީ މުޅިން އަލަށް ފަށާ ޚިދުމަތަކަށް ވުމާއެކު އެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިވުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނެފައިވަނީ ޢީދު ބަންދަށް ދަތުރުތައް ފެށިގެންދިޔުމާ އެކު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 10 މެއިގެ ނިޔަލަށް ހދ އަތޮޅުގައި ކުރެވޭ ދަތުރުތައް ފޯރުކޮށްދޭނީ މުޅިން ހިލޭ ކަމަށެވެ. އެމްޓީސީސީން ބުނީ މި ޚިދުމަތް ފެށުމަށް ބޭނުންވާ 4 ސްޕީޑް ފެރީވެސް މިހާރު ވަނީ ހދ އަތޮޅަށް ބަނދަރުކޮށް ދަތުރުތައް ފެށުމަށް ތައްޔާރުކުރެވިފައި ކަމަށެވެ.
އެމްޓީސީސީން ވަނީ މި ފެރީތަކުގައި ހުންނާނެ ޚިދުމަތްތަކުގެ ތަފްސީލުތައްވެސް އާންމުކޮށްފައެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ފެރީތަކެއް ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މިހާރު ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކުރެވިފައި ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ އެއަރކޯން ކުރެވިފައިވާ މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ވެސް ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން ފެރީގައި ފާޚާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަ ކުރެވިފައި ހުންނައިރު އާރްޓީއެލް ގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެެވެ.
އެމްޓީސީސީން ބުނީ އާރް.ޓީ.އެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. އަދި މި މުއްދަތަށް ފަހު 11 މެއި 2022 އިން ފެށިގެން އާރް.ޓީ.އެލްގެ ފެރީ ޚިދުމަތަށް ކަނޑައެޅިފައިވާ ރޭޓްތަކުގައި ދަތުރުތަކަށް ފައިސާ ނަގަމުން ދާނެކަންވެސް އެ ކުންފުނިން ވަނީ ބުނެފައެވެެ.
އާރް.ޓީ.އެލްގެ ފެރީ ޚިދުމަތައް ފައިސާ ނަގަން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ހޯދުމަށް މިހާރު އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށްވެސް ކުންފުނިން މައުލޫމާތުދެއެވެ.
އެމްޓީސީސީން މިހާރު ވަނީ ދަތުރުތަކުގެ ޝެޑިއުލް ވެސް އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު