މާލޭގެ ދެ ސަރަހައްދެއްގައި މިއަދު ހިންގި މާރާމާރީތަކެއްގައި އަނިޔާވި ބަޔަކަށް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައި ކަމަށެވެ. ފަތިހު 5:48 ހާއިރު ހިންގި އެ މާރާމާރީގައި 23 އަހަރުގެ ދިވެއްސަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެެ.
މިއަދުގެ ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ.
މިއަދު ހެދުނު 9:17 ހާއިރު ހިންގި އެ މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ދެ މީހުންނަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލުގައެެވެ.
އެ މާރާމާރީތަކުގައި ޒަހަމްވި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މިކަމުގައި ސާމިލުވާ ބަޔަކު ހައްޔަރުކުރި ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.
މިއަދު ހިންގާފައިވާއިރު މި މާރާމާރީ ތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު