ފުވައްމުލައް ސިޓީގައި ޑައިވިންގއަށް ދިޔަ މީހަކު ގެއްލިގެން އޭނާ ހޯދަން ފަށައިފިއެވެ.
ފުވައްމުލައް ސިޓީގައި ޑައިވިނަށް ދިޔަ ދިޔަ ފަހުން ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުން ދަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެެވެ. އެމްއެންޑީއެފް އިން ބުނީ އެރަށު ނެރުކައިރިއަށް މިއަދު 14:30 ހާއިރު ޑައިވިންގއަށް ފޭބި މީހެއްގެ ބަރު ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންެދާ ކަމަށެވެ.އަދި އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެން ޑައިވިންގ ސޫޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:45 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
ގެއްލުނު މީހާ ޑައިވިނަށް ދިޔައީ އިތުރު ބަޔަކާއެކުގައެެވެ.ޑައިވިންގއަށް ގޮސް އުޅެނިކޮށް އޭނާ ގެއްލުނުއިރު، އެ މީހުން ޑައިވިންގއަށް ގޮސްފައި ޕެބްލްސް ރެސްޓޯރެންޓާއި ދިމާލުން ކަމަށް އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު