ނ.މިލަދޫގައި މިއަދު ކުރިއަށް ދިޔަ އީދު ކުޅިވަރުގެ ތެރެއިން
ނ.މިލަދޫގައި މިއަދު ކުރިއަށް ދިޔަ އީދު ކުޅިވަރުގެ ތެރެއިން
މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިތުރު އީދު ކުލަގަދަކޮށް ފާހަަގަކޮށްފިއެވެ.

މާލޭއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފިތުރު އީދުގެ ކުޅިވަރުތައް ފެށީ މިއަދު ހެނދުނުކުރި އީދު ނަމާދަށްފަހުއެވެ. މާލެއާއި ރާއްޖޭގެ ގިނަ ރަށްރަށުގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދަށްފަހު ބައެއް ރަށްރަށުގައި ރަށުގެ ކުދި ބޮޑު ރައްޔިތުން ބައިވެރިވެގެން އީދު ސައި ވަނީ ބާއްވާފައެވެ.

އީދު ސަޔަށްފަހު އީދު ސަގާފަތާއި އެއްގޮތަށް ގިނަ ރަށްރަށުގައި ވަނީ ފެންކުޅި ކުޅެފައެވެ. މިމަޖަލުގައި ރަށްރަށުގެ ކުދި ބޮޑު، ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ބައެއް ރަށްރަށުގައި އީދުގެ ކުޅިވަރުތަށް މިއަދު ހަވީރު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލި ނެރުމާއި ކުޑަކުދިންގެ ހަވީރާއި ސަގާފީ ކުޅިވަރުތައް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މިރޭ މާލެއާއި ބައެއް ރަށްރަށުގައި އީދު ފާހަގަކުރުމަށް ސްޓޭޖް ޝޯތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އީދު ކުޅިވަރުތައް ކުރިއަށް އޮތް ތިން ދުވަހަށް ދިގުދެމިގެންދާނެއެވެ. ވޭތުވެ ދިޔަ ދެއަަހަރު ވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން އީދު ކުޅިވަރުތަށް ބާއްވާފައެއް ނުވެއެވެ.

ކޮވިޑުން އާންމު ހާލަތަށް ފަހު އައި މި ފިތުރު އީދަށް މާލެއިން ވަރަށް ގިނަ ބަޔަކު ވަނީ ރަށްރަށައް ގޮސްފައެެވެ. މިފަހަރު އީދު ބަންދަށް ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު