އަހަރުތަކަކަށްފަހު އެމެރިކާގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ވައިޓްހައުސްގައި އީދު ފާހަގަކޮށްފިއެވެ.

ބަރަކާތްތެރި ރޯދަމަސް ނިމުމުން އެމެރިކާގެ ރައީސް އޮފީސް، ވައިޓްހައުސްގައި އީދު ފާހަގަ ކުރުމަކީ ޒަމާނުއްސުރެން ކުރަމުން އައިކަމެކެވެ.

ނަމަވެސް ޑޮނަލްޑް ޓްރަމްޕް ރައީސް ކަމާއި ހަވާލުވެވަޑައިގެން ވައިޓްހައުސްގައި އީދު ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަފްލާ ވަނީ ކެންސަލްކުރައްވާފައެވެ. އޭގެ ބަދަލުގައި ޓްރަމްޕް ދެއްވީ ހާއްސަ މެސެޖެކެވެ. ޓްރަމްޕުގެ މިނިންމެމުމާ ދެމެދު ގިނަބަޔަކު ފާޑުކިއާފައިވެއެވެ.

ޒަމާނުއްސުރެން އެމެރިކާގެ ރައީސް އޮފީސް، ވައިޓްހައުސްގައި އީދު ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ހަފުލާ ޓްރަމްޕް މެދުކަނޑާލެއްވި ނަމަވެސް، އަލުން މިވަނީ ވައިޓްހައުސްގައި އީދު ފާހަގަ ކުރުމަށް ބާއްވަމުން އައި ހާއްސަ ހަފުލާ ބާއްވާފައެވެ. ގިނަބަޔަކު ބައިވެރިވި މިހަފްލާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ ކުރިއަށް އޮތް އަހަރު ތަކުގައި މެދުނުކެނޑި ވައިޓްހައުސްގައި އީދު ފާހަގަ ކުރާނެކަމަށް ވިދާޅުވެފައެވެ.

ބައިޑެންގެ ވާހަކަފުޅުގައި މުސްލިމުންނާ މެދު ގާތްގުޅުމެއް ބާއްވަން މަސައްކަތްކުރާކަމަށްވެސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން