ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އަވަށްޓެރި ޗައިނާއާ ދެކޮޅަށް ދައްކަވާ ވާހަކަތައް، ގަރާރެެެއް ނެރެގެން ހުއްޓުވައިދިނުމަށް އިދިކޮޅު ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ ގޮވާލައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ޗައިނާއަށް ފާޑު ވިދާޅުވެ ތަފާތު އެކި ވާހަކަތައް ޗައިނާއާއި ރާއްޖެއާއި ގުޅުވައިގެން ދައްކަވަމުންނެެވެ. ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ ދަރަނި ދަންތުރަތަކެއްގެ ގޮތުގައި ސިފަ ކުރައްވައި އެގައުމަށް ދާދިފަހުން ވެސް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ޗައިނާ އާއި ގުޅޭގޮތުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ހިތަށް އައި އެއްޗެެއް ގޮވަމުންގެންދާ ކަމަށެވެ. އެކަމަކީ ޗައިނާގެ އިއްޒަތާއި އަބުރާ ކަރާމަތް ގެެއްލިގެންދާނެ ކަމެެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދުގެ އެ ވާހަކަތައް ހުއްޓުވުމަށް ގަރާރެއް ނެރުއްވުމަށް އަދުރޭ ވަނީ ރައީސަށް ގޮވާލައްވާފައެވެ.
"ކީއްވެގެންހޭ އެ ގައުމު (ޗައިނާ) ގެ އިއްޒަތާއި އަބުރާ ކަރާމާތަށް އުނިކަން އަންނާނެކަން ރައީސް ސޯލިހަށް ގަބޫލު ނުކުރެއްވެނީ، ރައީސް ސޯލިހް ވަރަށް ބޭނުންފުޅުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ނަޝީދާއި ދޭތެރޭގައި ފިޔަވަޅެެއް އަޅުއްވަން. އަޅުގަނޑު ހަމަ ގޮވާލަން އެކަމާ ދޭތެރޭގައި ވެސް ގަރާރެއް ނެރުއްވާށޭ ނެރުއްވައިގެން ރައީސް ނަޝީދާއި ދޭތެރޭ ފިޔަވަޅު އަޅުއްވާށޭ." ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އިންޑިޔާއާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ފަށާފައިވާ އިންޑިޔާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް ސާލިޙު ގަރާރެއްް ނެރުއްވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ސައިޒު ކުރާނެ ކަމަށް ބުނެ އެމަނިކުފާނަށް އިންޒާރުދިން މައްސަލަ ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ 48 ގަޑިއިރުވެގެން ދިޔަ އިރުވެސް އެ މައްސަލަ ބަލައިގެންކަން ނުވަތަ ނޫންކަންވެސް އަންގާފައި ނުވާ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ. އަދި ކުރީގެ ރައީސް ޔާމީން "ސައިޒު" ކުރާނެ ކަމަށް އިންޒާރުދީ ބަޔަކު ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރީ އިންޑިއާގެ އެންގުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިސްވެ ހުންނަވައިގެން ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފައެވެ. ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލައަކީ ޓެރަރިޒަމްގެ އަމަލެއް ކަަމަށް އަދުރޭ ވިދާޅުވިއެވެ. އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަމެއް ނެތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު