އިންޑިއާގެ ނުފޫޒު ބައެއް ނޫސްތަކަށް ފޯރުވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ދުވަހެއް ފާހަގަކުރާއިރު އެ ކޯލިޝަނުން އެންމެ ކަންބޮޑުވާ އެއްކަމަކީ އިންޑިއާގެ ނުފޫޒު ރާއްޖޭގެ ބައެއް ނޫސްތަކަށް ފޯރުވަމުންދާ މިންވަރު ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބައެއް ނޫސްތަކަށާއި ވަކިވަކި ނޫސްވެރިން މެދުވެރިކޮށް އެފަރާތުން ބޭނުންވާ އެޖެންޑާއެއް ހިންގަމުންދިޔުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އިދިކޮޅުން މިތުހުމަތު ކުރަނީ ކޮން މީޑިއާތަކަކާއި ކަމެއް އަދި އެ ނުފޫޒެއް ފޯރުވަނީ ކޮން ގޮތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެބަޔާނުގައި އިދިކޮޅުގެ އަޑު ގެނެސްދޭ މީޑިއާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރަމުންދާކަން ވެސް ތުހުމަތުކޮށްފައި ވެއެވެ.
"އެގޮތުން ސަރުކާރުން އެފަރާތްތަކަށް މައުލޫމާތު ހާމަނުކުރުމާއި ސަރުކާރުގެ އިވެންޓުތަކުން ފުރުސަތު ނުދިނުން ފަދަ ދަތިތައް ކުރިމަތި ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި." އިދިކޮޅުން ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު މި ބަޔާނުގައި މީޑިއާއަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވާއިރު، އެބާރުގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުން ދޭންޖެހޭ މައުލޫމާތު ދިނުމަށް ވެސް އެކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން އިދިކޮޅުން ނެރުނު ބަޔާން ނިއްމާލަމުންވަނީ ނޫސްވެރިންގެ ތަމްރީނާއި ކުރިއެރުމަށާއި އަދި މީޑިއާތަކުގެ މަސައްކަތްތަކަށް ފަހިވާނެހެން މިދާއިރާއިން ފުރުސަތު ތަނަވަސްކޮށްދިނުމަށް ވެސް ގޮވާލާފަ އެވެ.
ކުރިން ސަރުކާރުގައި ތިބި މިއަދުގެ އިދިކޮޅު ފަރާތްތަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެމީހުންގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ފާސްކުރި އަދި އޭރު މީޑިއާ ތަކަށް ފިޔަވަޅު އަޅަމުން ގެންދިޔަ އަބުރުގެ ގާނޫނު އުވާލާފައި ވަނީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންކަން ފާހަގަ ކޮށްލެވެއެވެ. އެ ގާނޫނުގެ ބޭނުންކޮށްގެން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިންނާމެދު ފިޔަވަޅުއަޅަމުން ގެންދިޔަކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު