ފުވައްމުލަކަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފްގެ މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރަން ފަށައިފިއެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 15:36 ހާއިރު ކަމަށް އެމްއާރްސީސީން ބުނެއެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ 14:30 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ ސަޢީދު ހޯދުމަށް އިއްޔެ އެކަނި ކަނޑު މަގުން 55 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ހޯދަމުންދާއިރު، ސީޖީ ހާބަރ ޕެޓްރޯލް އުޅަނދުން އަންނަނީ ކަނޑުގެ ސަރަޙައްދު ބަލަމުންކަމަށެވެ. އަދި އޮޕަރޭޝަން އިތުރަށްފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު މިހާރު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ސަޢީދު ހޯދުމުގެ މަސައްކަތުގައި ފުވައްމުލަކުގެ ޑައިވަރުން ވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ.
އިއްޔެ ހިނގި މިހާދިސާގައި ސައިދާއިއެކު ޑައިވިނަށް ފޭބި މަހުމޫދު ފާއިޒްގެ ޙާލު ގޯސްވެގެން ދ. ކަނޑިންމަ މޯލްޑިވްސްގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރގައި ދަނީ ފަރުވާދެމުންނެވެ.
ގެއްލިގެން ހޯދަމުން އަންނަ ސައީދަކީ ފުވައްމުލަކުގައި ޑައިވް ސެންޓަރެއްވެސް ހިންގަމުން އަންނަ ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު