ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން ތާރު އެޅުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި ޕޭވްމެންޓް ހެދުމުގެ 91 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މަގުބައްތި ހަރުކުރުމަށް ބޭނުންވާ ސާމާނު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 17،790 އަކަ މީޓަރުގެ 9 މަގެއް ހެދުމާއި، 6923 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، 17،790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ހިންގާ މި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު