އީދު ބަންދާއި ދިމާކޮށް ދިރާގުގެ އޮންލައިން ހިދުމަތްތައް މެދުކަނޑާލައިފިއެވެ.
ދިރާގުން ބުނީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި ދިރާގު އެޕް އަދި މައި އެކައުންޓުން އޮންލައިން ހިދުމަތްތައް ނުލިބޭނެކަމަށެވެ.
އީދު ބަންދުގައި ހުރިހާ ކަސްޓަމަރ ކެއަރ ސެންޓަރުތައް ބަންދުކުރުމަށްފަހު، ދިރާގުން އޮންލައިން ހިދުމަތްތައް މެދުކަނޑާލިކަން އިއްޔެ އަންގާފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބަޔަކަށް އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ދިރާގު އެޕް އަދި މައި އެކައުންޓްގެ ހިދުމަތް މެދުކަނޑާލުމުން ދިރާގުގެ އެއްވެސް ބިލެއް އޮންލައިންކޮށް ނުދެއްކޭ ކަމަށެވެ. އަދި ކަސްޓަމަރ ސަރވިސް ސެންޓަރުތައް ބަންދުކޮށްފައި ހުުރުމުން ބިލުތައް ދެއްކޭނެ އިތުރު ގޮތެއް ނެތެވެ. ބިލު ދައްކާނެ ގޮތެއް ނެތްއިރުވެސް ދިރާގުން އަންނަނީ މުއްދަތު ހަމަވެފައިވާ ނުވަަތަ ޑިއު ވެފައިވާ ބިލުތައް ދައްކަން އަންގާ މެސެޖްވެސް ކުރަމުންނެވެ.
އީދު ބަންދާއި ދިމާކޮށް ދިރާގުން މިވަރުގެ ކަމެއް މި ކުރީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ އޮންލައިން ހިދުމަތްތައް މެދުކަނޑާލަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަން އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

We are carrying out an urgent maintenance work on Dhiraagu Mobile app and MyAccount. During this period customers may not be able to view usage details, pay bills or activate services via these channels.
— Dhiraagu (@Dhiraagu) May 3, 2022
ބައެއް ފަރާތްތަކުން ބުނާގޮތުން ދިރާގު އެޕް އަދި މައި އެކައުންޓްގެ ހިދުމަތް މެދުކަނޑާލުމުން ދިރާގުގެ އެއްވެސް ބިލެއް އޮންލައިންކޮށް ނުދެއްކޭ ކަމަށެވެ. އަދި ކަސްޓަމަރ ސަރވިސް ސެންޓަރުތައް ބަންދުކޮށްފައި ހުުރުމުން ބިލުތައް ދެއްކޭނެ އިތުރު ގޮތެއް ނެތެވެ. ބިލު ދައްކާނެ ގޮތެއް ނެތްއިރުވެސް ދިރާގުން އަންނަނީ މުއްދަތު ހަމަވެފައިވާ ނުވަަތަ ޑިއު ވެފައިވާ ބިލުތައް ދައްކަން އަންގާ މެސެޖްވެސް ކުރަމުންނެވެ.
ކިހާބޮޑު ދުއްޕާނެއްތަ މީ ދެން ރައްޔިތުންނަށް ޖެހިފައިއޮތް، ބިލްދެއްކުން އެންމެ ދުވަހެއް ލަސްވިއަސް ފޯނު އެބަ ކަޑާލައި، ބިލްދައްކަން ރެއިންފައްޓައިގެން މިއުޅެނީ، ދެއްކޭ ގޮތެއްނުވޭ، ފޯނެއްކުރެވޭނެ ގޮތެއްނެތް، އީދުބަންދަށް ބިލްދައްކާ ތަންތަން ބަންދުކޮއްފައި
— ބޮޑު ވަޒީރު އަހައްމަދު IndiaOut# (@RLc_Ahmed) May 3, 2022
އީދު ބަންދާއި ދިމާކޮށް ދިރާގުން މިވަރުގެ ކަމެއް މި ކުރީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ އޮންލައިން ހިދުމަތްތައް މެދުކަނޑާލަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަން އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު