ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ހުށައަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނެވެ. އެ މައްސަލަ ޕީޕީއެމުން މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.
ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި ޝޯޝަލް މީޑިޔާގައި ހިންގާ އެކައުންޓަކުން އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ހުސައިން ސައީދު ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާ އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ. އެ ގުރޫޕުގެ ބަޔަކު މިއަދު ވަނީ ރައީސް ޔާމިން ދިރިއުޅުއްވާ ހ. ދޫވެހި ކައިރިއަށް އެެއްވެ އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ.
ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުންގެ އިތުރުން ޑިފެންސް މިނިސްޓްރީއަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިހާރު އިދިކޮޅު ކޯލިޝަނުން ވަނީ ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު