މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ދެންމެބުނީ، މިރޭގެ 9 އިން ފެށިގެން މިރޭ މެންދަމު 1 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އެދިފައެވެ. ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން ވާރޭނުވެހި އޮތުމަށްފަހު މި ދުވަސްވަރު އަނެއްކާވެސް ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންނެވެ.
މިދުވަސް ވަރަކީ ޢީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ކަނޑު ދަތުރުފަތުރު ކުރާ ދުވަސް ވަރަކަށް ވާތީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރުކުރާ އުޅަނދު ފަހަރުގައި ސަލާމަތީ ކަންކަން ފުރިހަމަ ކޮށްގެން ފުރުމަށާއި ވަކިން ޚާއްޞަކޮށް މޫސުން ގޯސްނަމަ ލައިފް ޖެކެޓް އަޅައިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

Yellow alert from Noonu to Thaa Atoll. pic.twitter.com/uBywDeKtom
— Maldives Meteorology (@MetMaldives) May 3, 2022
އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އެދިފައެވެ. ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން ވާރޭނުވެހި އޮތުމަށްފަހު މި ދުވަސްވަރު އަނެއްކާވެސް ދަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންނެވެ.
މިދުވަސް ވަރަކީ ޢީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ކަނޑު ދަތުރުފަތުރު ކުރާ ދުވަސް ވަރަކަށް ވާތީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރުކުރާ އުޅަނދު ފަހަރުގައި ސަލާމަތީ ކަންކަން ފުރިހަމަ ކޮށްގެން ފުރުމަށާއި ވަކިން ޚާއްޞަކޮށް މޫސުން ގޯސްނަމަ ލައިފް ޖެކެޓް އަޅައިގެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު