އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ
އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެެވެ.

މިހާތަނަށް ބޮޑު ނުކުރާ މިންވަރަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށް އާދިއްތަ ދުވަހު އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއުލާނު ކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް 1 މެއި 2022 އިން ފެށިގެން "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުވިއިރު، ތައުލީމީ ދާއިރާގައި ހިއްސާވާ، ބައެއް ދާއިރާތަކުގެ ރޭންކްތަކުގެ މީހުންނަށް މުސާރައިގެ ކުރިއެރުމެއް އަންނާނެކަން އެދުވަހު މިނިސްޓްރީން ހާމަ ކޮށްފައިނުވާތީ، އޭގެ ތެރެއިން ބައެއް ފަރާތްތަކުންދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެއްބަޔަކީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންނެވެ.

އެފަރާތްތަކުން އުފެއްދި ސުވާލަށް އުފާވެރި ޖަވާބެއް މިރޭ މިނިސްޓްރީން ދީފައިވާއިރު، މުސާރަ ބޮޑުކޮށް ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ވުރެ ބޮޑު ވާނެއެވެ. އަދި ރޭންކު ކުރެވިފައިވާ ގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ވެސް ކުރީގެ މުސާރައަށް ވުރެ އެތައް ގުނައަކުން މުސާރަ ބޮޑުވެގެން ދާނެއެވެ.

އެގޮތުން ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 29،445 ރުފިޔާގެ މުސާރައެއް ގެއަށް ގެންދަން މިހާރުގެ ބަދަލާއެކު ލިބޭއިރު ކުރީން އެފަރާތްތަކަށް ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

މި ބަދަލާއެކު ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 31،816 ރުފިޔާގެ ލިބޭއިރު ކުރީން އެފަރާތްތަކަށް ލިބެމުން އައީ 20،049 ރުފިޔާ އެވެ. މިއީ 59 ޕަސެންޓްގެ ކުރިއެރުމެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ މިބަދާލާއެކު ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

ދޯދި

06-May-2022

1 މެއި ގަ ބޭއްވި ޕްރެސްގައި މިނިސްޓަރ އަމީރު އެއްފަހަރަށްވުރެ ގިނަފަހަރު ވިދާޅުވި ގުރުއާނާ ބެހޭ މަރުކަރުގެ ޓީޗަރުންނަށް މި ބަދަލު އަންނާނޭ. ދެން ބައެއް ނޫސްތަކުން އެނޫން ގޮތަކަށް ރިޕޯޓްކުރި ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ.