އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އިންތިހާބު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެކަމަކީ، ޕާޓީގެ އިސްލާމީ މަޖިލީހުގެ އިންތިހާބަކަށް ގޮވާލުން ކަމަށް ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގައި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. ދުވާފަރުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ އިސްލާމީ މަޖިލީހުގެ މަސައްކަތްތައް ހިނގާތަން ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި އެ މަޖިލީހުގެ އިންތިހާބަކަށް ގޮވާލިތަނެއް ވެސް ފެނިވަޑައިނުގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މަޖިލީހުގެ އިންތިހާބެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޕާޓީގެ އެކިއެކި ދާއިރާތަކުން އެ މަޖިލީހުގެ އިންތިހާބެއް ބޭއްވުމަށް ގޮވާލަމުންދާ އަޑު އިވިވަޑައިގަންނަވާކަމަށެވެ.
"މާތް ﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14 ގައި އަޅުގަނޑު މި މަގާމަށް އިންތިހާބުވުމާއެއްކޮށް، އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެކަމަކީ އިސްލާމީ މަޝްވަރާ މަޖީލީހުގެ އިންތިހާބަކަށް ގޮވާލުން. އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ޕާޓީގެ ކަންކަން ގެންދެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގެ މަތިން." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދީނާއި ގުޅުވައި އެމްޑީޕީއަށް އެ ދިއްކުރާ އިނގިލި އެއީ ގޯހެއްކަން ދައްކައިދޭންޖެހޭކަމަށާއި އެކަންކަން ކުރެވޭނީ ޕާޓީގެ އަސާސީ ގަވާއިދުގައި ދީނާއި ގުޅޭގޮތުންހުރި ރަނގަޅު ކަންކަން ރައްޔިތުންނަށް ދެއްކިގެން، ފެނިގެން ކަމަށެވެ.
މިރޭގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ، މި އިންތިހާބަށް ނުކުމެވަޑައިގެންނެވީ ޕާޓީގެ ކަންކަން ބަދަލުކޮށްގެން ސަރުކާރާއި އެއް މަގަކުން ހިނގާ ޕާޓީއެއްގެ ގޮތުގައި ޕާޓީ ހިންގާލައިގެން، ކުރިޔަށް އޮތް 2023 ކާމިޔާބު ކުރުމަށް ކަމަށެވެ.
އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާކަމަށް ވާދަކުރައްވާ ރޮޒޭނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ދުވާފަރުގެ ވަރަށް ގިނަ އަދަދެއްގެ އެމްޑީޕީގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި ފައްޔާޒުގެ ޓީމުން ވާހަކަ ދެއްކި ފަރާތްތަކުންވަނީ، ޕާޓީ ހިންގާލުމަށް އެންމެ އެކަށީގެންވާ މޭސްތިރިއަކަށްވާނީ ފައްޔާޒުކަމަށް ބުނެފައެވެ. އަދި މެއި 14 ގައި އޮންނަ އިންތިހާބުގައި ފައްޔާޒަށް ވޯޓު ދިނުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު