މިވަގުތަކީ އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދަައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިއީ 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ފަރާތެއްގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ. އަދި މިވަގުތު މުހިއްމީ 2023 ގެ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ ބަރާބަރަށް ތައްޔާރުވެ ތިބެ ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މެމްބަރުން އެދޭނަމަ އަންނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ފައްޔާޒު އިތުރަށް ވިދާޅުވީ މައްސަލައަކީ އެއްޓީމެއްގައި ތިބެ ދެކޮޅަށް ކުޅޭވޭތީ ކަމަށެވެ. އެކަން "މާބޮޑަށްވެސް" ހުއްޓާލަންޖެހޭ ކަމަށް ފައްްޔާޒު ވިދާޅުވިއެވެ. އެމްޑީޕީ ހަރަކާތްތެރިވެ ސަރުކާރާއެކު މަސައްކަތް ކުރާނަމަ އަރައިނުގަނެވޭނެ ގޮންޖެހުމެއް ކުރިމަތިވެފައި ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ބަސް ބުނުމުގެ މިނިވަަންކަމާއި، ބިރެއް ނެތި ދެކޭގޮތް ހާމަކުރުމުގެ ހައްގު ހޯދަން މަސައްކަތް ކުރި މީހުންނަށް، މިއަދު އެމްޑީޕީގެ ތެރެއިން އެފަދަ ބަދަލުތައް އަންނަން ފެށުމުން އެކަމާ ހިތްހަމަނުޖެހުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ސަރުކާރާއި ފެޔަށް ޖެހެން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ކެމްޕޭނުގައި 153 ރަށަށް ވަޑައިގެންނެވިއިރު ރައްޔިތުން ބޭނުންވަނީ ޕާޓީގެ ފަރާތުން ސަރުކާރަށް އެހީވުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ކިޔުންތެރިންގެ ހިޔާލު