ރާއްޖޭގެ ދެކުނަށް ކުރި ވިއްސާރަ އެއްގައި ރަށެެެއްގައޖ ފެން ބޮޑުވެފައި
ރާއްޖޭގެ ދެކުނަށް ކުރި ވިއްސާރަ އެއްގައި ރަށެެެއްގައޖ ފެން ބޮޑުވެފައި
މޫސުން ގޯސްވެ ރާއްޖޭގެ ދެކުނު ސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގެ ރަށްތަކަށެވެ. އެ ހިސާބަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން ހަވީރު 04:30 އަށެވެ.

މެޓް އޮފީހުން އެ ސަރަަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ވައިގަދަވާނެ ކަމަށް ލަފާކޮށެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މި ވަގުތުތަކުގައި ވަރަށް ކަނޑު ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް މިދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު، އެކި ހިސާބުތަކަށް މީގެ ކުރިން އެލާޓްތައް ނެރެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު