ގައުމީ ފެރީ ނިޒާމް ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް އިއްޔެ 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަތުރުތައް ފަށާފައިވަނީ ހޯމަ ދުވަހުއެވެ.
ޓްރާންސްޕޯޓް ލިންކްގެ ދަތުރުތައް ފުރަތަމަ ފަށާފައިވަނީ ހދ. އަތޮޅުގައެވެ.
މި ނިޒާމުގެ ދަށުން ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއް ވަނީ 5 ރޫޓަކުން ގުޅާލާފައެވެ. މި މަޝްރޫޢުގެ ފޭސް-1 ގެ ދަށުން 03 އަތޮޅެއް ފެރީ ނިޒާމުން ގުޅާލާއިރު ހދ އަތޮޅަކީ އެންމެ ފުރަތަމަ ދަތުރުތައް ފެށި އަތޮޅެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހދ. ގައި ކުރިއަށްދާ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އިއްޔެ 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫޢުގެ ދަށުން، ހދ. އަތޮޅުގައި އާރު.ޓީ.އެލް. ގެ އޮޕަރޭޝަންސް/ ދަތުރުތައް ފަށާފައިވާއިރު، 10 މެއި 2022 ގެ ނިއަލަށް ހދ. ޒޯންގެ ހުރިހާ ދަތުރުތައް ހިލޭ ކުރެވޭނެއެވެ.
މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި މި ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ.
ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯނަކަށް ބަހާލާފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، @RTLnetwork ގެ ހދ. ގައި ކުރިއަށްދާ ދަތުރުތައް ޝެޑިއުލް އާ އެއްގޮތަށް ދަނީ ކުރިއަށް. އެގޮތުން، އިއްޔެ ވަނީ 05 ރޫޓަކުން 234 މީހުން ދަތުރުކޮށްފައި. pic.twitter.com/SpRzdAlXN4
— Min.of National Planning, Housing & Infrastructure (@MoNPHImv) May 4, 2022
ޕްލޭނިންގ މިނިސްޓްރީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހދ. ގައި ކުރިއަށްދާ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އިއްޔެ 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫޢުގެ ދަށުން، ހދ. އަތޮޅުގައި އާރު.ޓީ.އެލް. ގެ އޮޕަރޭޝަންސް/ ދަތުރުތައް ފަށާފައިވާއިރު، 10 މެއި 2022 ގެ ނިއަލަށް ހދ. ޒޯންގެ ހުރިހާ ދަތުރުތައް ހިލޭ ކުރެވޭނެއެވެ.
މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި މި ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ.
ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯނަކަށް ބަހާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު