ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މިއަހަރުގެ މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާގެ އެކި ފަރާތްތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި، ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ފަންނު ވެރިންގެވެސް ޚިޔާލު ހޯދާފައިވާކަމަށެވެ.
ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ފަންނީ ގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ނިންމާފައިވާކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވީހާވެސް އަވަހަކަށް ބަދަލު ގެނައުމަށްކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ށ.ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެއެވެ. އެގޮތުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް އެކަމާގުޅިގެން ނިންމަންޖެހޭ ކަންކަން މިއަހަރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު