ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ ކޮންކަހަލަ ޑިމޮކްރަސީއަކަށް ލޯބިކުރައްވާ ބޭފުޅެއްތޯއޭ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ރީކޯ ގެންދަވަނީ ރައީސް ނަޝީދަށް އާދަވެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ ހިންގުމުގެ ކަންކަމުގައާއި އެ ޕާޓީގައި ރައީސް ނަޝީދަށް ތާއީދު ކުރާ މީހަކަށް ނޫނީ ޖާގަ ނޯންނަކަމަށް ވިދާޅުވެ ރީކޯ ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާކަން، ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު އިއުލާން ކުރެއްވުމާއިއެކު ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވައި ޝައުނާއަށް ރައްދުދެއްވާފައެވެ. ރައީސް ނަޝީދު ވަނީ މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށްފަހިވާގޮތަށް، އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ސާފުވާނެކަމަށް، ވަރަށް ބޮޑަށް ކޯފާ އިސްކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން އެމަނިކުފާނަށް ސަޕޯޓުކުރާ ގިނަ ބަޔަކުވެސް ވަނީ އެމަނިކުފާނުގެ އެ ވާހަކަފުޅުތައް ކުށްވެރިކޮށްފައެވެ. ގިނަބަޔަކު ބުނަމުންދަނީ ކޮންމެ މީހަކަށްވެސް އެމީހަކު ތާއީދުކުރާ މީހަކަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށްތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.



މިއަދު ހިނގި މި ކަންކަމަށް އަލިއަޅުވާލައްވައި ރީކޯ މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ވަޒީފާ ލިބެނީ އެހެން އެންމެން ލެޔާއި ދާ އޮހޮރުވައިއިގެން ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދު ދަނީ ޕާޓީގެ އެހެން އެންމެންނަކީ އަޅުންކަމަށް ހައްދަވަމުން ކަމަށާއި އެ މެންބަރުންނަށް ވަޒީފާ ލިބުނީ ރައީސް ނަޝީދުގެ ފޮޓޯ ޖަހައިގެންކަމަށް އެމަނިކުފާނު ވިދާޅުވަމުންދާކަމަށެވެ.

ރީކޯ މޫސައަކީ ކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ޕާޓީން ވަކިކުރީ މަޖިލީހުގައި ނެގި ވޯޓެއްގައި ޕާޓީގެ ވިޕާއި ހިލާފަށް ވޯޓު ދެއްވުމުންނެވެ. ރީކޯ ޕާޓީން ވަކިކުރި ނަމަވެސް، އެފަދަ އެހެން މައްސަލަތަކުގައި ވިޕާއި ހިލާފުވިނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިއީ ރީކޯ އެންމެ ބޮޑަށް ރައީސް ނަޝީދަށް ފާޑުވިދާޅުވާ އެއް ސަބަބުކަމަށް އޭނާވެސް ދަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ތަކަތުވާ

06-May-2022

ޕާޓީން ވަކިކުރީ ވެރިކަމަށް ކުރިނަތި ލާނަމޭ ބުނީމަ ކަމަށް އަހުން ހީކުރީ


-2

ކަޅުބުޅާ

06-May-2022

ދިވެހިރާއްޖެ ދެކެ ލޯބިވާ މީހަކު ނަސީދުއަކަށް މިހާރު ތާއީދެއްނުކުރާނެ.


-3

ތޮޑީބީ

06-May-2022

ބަލަ ފެމުނު މިއަރު ހެދިގެން ދެބޯގެރިވެގެން ނާޖާއިދުފައިސާހޯދިއިރަކު ނަސީދުވަރެއްނެތް ދެންޔާމީނުވަރެއްނެތް އެއްކުލިން ދެންއިބޫވަރައްނެތް ރިޔައީ ދެމޫނުގެވެރި ރީކޯއިންސާފުއަރާ ހަމަކުރާނެ ނުހައްގުން ހޯދިމުދާ ނެތިދާނެކަންހަދާކުރާތި ތިހިރިފައިސާގެ ދަހިވެތިކަމުގާ ކަޑިކި ސޯރު ފޮތިގަޑު ވެރިކަމައްއަނަމީހަކާބައިއަތުހިފާގެން