މަގުމަތީގައި ވެއްޓިފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔަ މަރުވެފައިވާ މީހެއްގެ މައުލޫމާތު ސާފު ކުރުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެެވެ.
ފުލުހުންގެ އިދާރާއިން ބުނީ ރޭ އިރާކޮޅުގެ ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މީހާއަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އެމީހާ ލައިގެންހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެހެންކަމުން އެ ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު