އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތައް ޕާޓީތެރޭގައި ވެސް ނުހިނގާކަން ގަބޫލް ކުރަން ވެއްޖެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެެވެ.
މިސަރުކާރު ގެނައުމަށް އިއްތިހާދުވެގެން މަސައްކަތް ކުރެއްވުމަށްފަހު ފަހުން އިދިކޮޅު ޓީމާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވާ ޑރ. ޖަމީލް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރެއްވުމަށް މިނިސްޓަރު އައިމިނަތު ޝައުނާ ނިންމެވުމުން ރުޅިވެރިކަމާއެކު އެކަމަނާއަށް ފާޑުވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ޖަމީލް ވިދާޅުވީ މިހާރު ރައީސް ނަޝީދަގެ ސިޔާސަތު ޕާޓީތެރޭގައި ވެސް ނުހިނގާކަން އެމަނިކުފާނު ގަބޫލް ކުރައްވަން ވެއްޖެ ކަމަށެވެ. އަދި މިއަދު ފެންނަމުން ދަނީ ޑިމޮކްރަސީއޭ ކިޔައިގެން އަމިއްލަ ޖާހަތު ބޮޑުކުރަން އުޅުމުގެ ނަތީޖާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މުރައިދޫ ރަދުންގެ ތާޖު ރައްޔިތުންނަށް ވަރަށް ބޮޑު ތަކްލީފެއް." މަލާމާތުގެ ރާގެއްގައި ޖަމީލް ރައީސް ނަޝީދަށް ވިދާޅުވިއެވެ.
ފައްޔާޒަށް ތާއިދު ކުރާކަން ހާމަކޮށް އާންމުކުރެއްވި ވީޑީއޯ މެސެޖެއްގައި ޝައުނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އާސަންދަ އާއި، ޓެކްސް ނިޒާމް ތަޢާރަފް ކުރުމާއި، ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުން ޝައުނާ ފާހަގަ ކުރެއްވިއެވެ. ޝައުނާ ވިދާޅުވީ 2023 ކާމިޔާބު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރެއްވޭނެ ބޭފުޅަކީ ފައްޔާޒު ކަމަށެވެ.
މިނިސްޓަރު ޝައުނާގެ ނިންމެވުމަކީ އެކަމަނާގެ މިނިސްޓަރުކަން ދެމެހެއްޓުމަށް އަމިއްލަ އެދުމުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. އަދި ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށް ރައީސް ނަޝީދު ވަނީ މިނިސްޓަރު ޝައުނާއަށް ގޮވާލައްވާފައެވެ.
"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަަރަށް ސާފުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ރ. ނަޝީދުއަށް އެމަނިކުފާނުގެ ސިޔާސަތު ޕާޓީތެރޭގައިވެސް ނުހިނގާކަން ގަބޫލް ކުރަންވެއްޖެ. ޑިމޮކްރަސީއޭ ކިޔާ އަމިއްލަ ޖާހަތު ބޮޑުކުރަން އުޅުމުގެ ނަތީޖާ ތިޔަފެންނަނީ. މުރައިދޫ ރަދުންގެ ތާޖު ރައްޔިތުންނަށް ވ. ބޮޑު ތަކްލީފެއް https://t.co/EfnKhhaeyg
— Mohamed Jameel Ahmed (@MJameelAhmed) May 4, 2022
"މުރައިދޫ ރަދުންގެ ތާޖު ރައްޔިތުންނަށް ވަރަށް ބޮޑު ތަކްލީފެއް." މަލާމާތުގެ ރާގެއްގައި ޖަމީލް ރައީސް ނަޝީދަށް ވިދާޅުވިއެވެ.
ފައްޔާޒަށް ތާއިދު ކުރާކަން ހާމަކޮށް އާންމުކުރެއްވި ވީޑީއޯ މެސެޖެއްގައި ޝައުނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ އެތައް ކަމަކަށް ހައްލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އާސަންދަ އާއި، ޓެކްސް ނިޒާމް ތަޢާރަފް ކުރުމާއި، ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުން ޝައުނާ ފާހަގަ ކުރެއްވިއެވެ. ޝައުނާ ވިދާޅުވީ 2023 ކާމިޔާބު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރެއްވޭނެ ބޭފުޅަކީ ފައްޔާޒު ކަމަށެވެ.
މިނިސްޓަރު ޝައުނާގެ ނިންމެވުމަކީ އެކަމަނާގެ މިނިސްޓަރުކަން ދެމެހެއްޓުމަށް އަމިއްލަ އެދުމުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. އަދި ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށް ރައީސް ނަޝީދު ވަނީ މިނިސްޓަރު ޝައުނާއަށް ގޮވާލައްވާފައެވެ.
"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަަރަށް ސާފުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު