އެމްޑީޕީގެ ޗެއާޕާސާން އިންތިޚާބަށްފަހު އެޕާޓީގެ ތެރޭގައި އޮތް ނަސްލީ އިމްތިޔާޒް ނިމުމަކަށް އަންނާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑަައިގަންނަވާ ބައެއް ވަޒީރުން ފައްޔާޒަށް ތާއިދުކުރާކަން ރަސްމީކޮށް ހާމަކުރުމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެ ވަޒީރުންނަށް ފާޑުވިދާޅުވަމުންނެެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ ފައްޔާޒަށް ތާއިދުކުރާ މީހަކަށް ހުތުރުހާ ލޭބަލްތައް އަޅުވައި ޝޯޝަލް މީޑިޔާގެ އެކި ގުރޫޕުތަކުން ބޭރުކުރަމުންދާ ފިތުނަވެރިން ބަލިވެ ސޮހިއްޖެ ކަމަށެވެ.



"ކިތަންމެ ވަރެއް ކުރިއަސް، އިންޝާ ﷲ އެމްޑީޕީގެ އެތެރޭގައި ތިޔަ ހިންގަވާ ނަސްލީ އިމްތިޔާޒު ނިމުމަކަށް އަންނާނެ." ޗެއާޕާސަން ކަމަށް ވާދަކުރަށްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒަށް ތާއިދުކުރާކަން ހާމަކުރާ ފަރާތްތަކާއި މެދު ތަފާތު ކުރުން ގެންގުޅޭތީ އެކަމަށް އިޝާރަތް ކުރައްވަމުން މޫކޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މިއިންތިޚާބުގެ ކެމްޕޭނުގައި މުޅި އެމްޑީޕީ ދެބަޔަށް ބެހިފައިވާއިރު ދެ ފަރާތުން ވެސް ގެންދަނީ އަނެއް ފަރާތަށް ތުހުމަތުކޮށް ބޮޑެތި މައްސަލަތައް ތިލަ ކުރަމުންނެވެ. މީގެތެރޭގައި ޖިނާއީ ތަހުގީގުތައް ހިންގަންޖެހޭ ފަދަ މައްސަލަތަކާއި އަބުރު ކަތިލެވި އަލުން ގާތް ނުވެވޭވަރަށް މޫނު ކެނޑިގެންދާ ފަދަ ތުހުމަތު ތަކާއި ވާހަކަތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު