އައްޑޫން އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެ އަބުރު ކަތިލައި ސައިޒު ކުރުމަކީ އެމްޑީޕީގެ އާއްމުކަމެއްް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު، އައްޑޫ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް އެންވައިރަމެންޓު މިނިސްޓަރ އާމިނަތު ޝައުނާ ތާއިދު ކުރެއްވުމާއި ގުޅިގެން އެކަމަނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވުމާއި ގުޅިގެންނެެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އައްޑޫއިން ކިރިޔާވެސް ސިޔާސީ މީހަކު ބޯހިއްލާލިޔަސް އެމީހަކު ގަންބާލާކަމަށެވެ. އައްޑޫއިން އުފަންވާ ކޮންމެ ސިޔާސީ ލީޑަރެއްގެ އަބުރު ކަތިލާ، ސައިޒުކުރުމަކީ އެމްޑީޕީގައި އާންމުކޮށް ހިނގަމުން އަންނަ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުކަމަށް ވިޔަސް، ޑރ. މުނައްވަރު ކަމަށް ވިޔަސް، ޑރ. ޑީޑީ ކަމަށް ވިޔަސް އަދި އެމްޕީ އަސްލަމް ކަމަށް ވިޔަސް ޖެހުނީ މިހާލު. މިއީ ރޭވިގެން ހިންގާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ. މުނައްވަރާއި ޑޜ. ޑީޑީ ފަދަ ބޭފުޅުންގެ އަބުރު ކަތިލައި ޕާޓީން ބޭރުކުރުމަށްފަހު ދެން މިފެނުނީ މިނިސްޓަރ ޝައުނާގެ އަބުރު ކަތިލީ މަންޒަރު ކަމަށެވެ. އަދި މިކަމަކީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު މިދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި އައްޑޫގެ ގިނަ ލީޑަރުން ވަނީ ޕާޓީން ބޭރުކޮށް ވަކިކޮށްފައެވެ. އެމްޑީޕީގެ ރައީސްގެ މަގާމުން ޑރ. މުނައްވަރު ބޭރު ކުރުމުގެ އަޑީގައިވެސް ހުންނެވީ ރައީސް ނަޝީދުކަމަށް އޭރުވެސް ގިނަ ބަޔަކު ތުހުމަތުކުރިއެވެ. ޑރ. ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ބޭރު ކުރުމުގައިވެސް ރައީސް ނަޝީދު ހުންނެވި ކަމަށް އޭރުވެސް ވަނީ އަޑުފެތުރިފައެވެ. ވޭތުވެ ދިޔަ 16 އަހަރު ތެރޭގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވާ އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ތެރޭގައި ކެއްކޮށްލެވޭ ގޮތެއް ނުވެއެވެ.

Addu in ufan vaa komme siyaasee leader egge aburu kathilaa size kurumakee MDP ga mihaa hisaabah hingamun anna aamu kameh. E ee alhugandu kamah viyas, Dr. Munavvaru kamah viyas, Dr. Didi kamah viyas, MP Aslam kamah viyas jehunee e haalu. Mee reyvigen hingaa kameh. Adhu @anuahsa
— Ibrahim Shareef (@AdduShareef) May 4, 2022
"އެއީ އަޅުގަނޑުކަމަށް ވިޔަސް، ޑރ. މުނައްވަރު ކަމަށް ވިޔަސް، ޑރ. ޑީޑީ ކަމަށް ވިޔަސް އަދި އެމްޕީ އަސްލަމް ކަމަށް ވިޔަސް ޖެހުނީ މިހާލު. މިއީ ރޭވިގެން ހިންގާ ކަމެއް." ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ. މުނައްވަރާއި ޑޜ. ޑީޑީ ފަދަ ބޭފުޅުންގެ އަބުރު ކަތިލައި ޕާޓީން ބޭރުކުރުމަށްފަހު ދެން މިފެނުނީ މިނިސްޓަރ ޝައުނާގެ އަބުރު ކަތިލީ މަންޒަރު ކަމަށެވެ. އަދި މިކަމަކީ އައްޑޫ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު މިދިޔަ 16 އަހަރުގެ ތެރޭގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި އައްޑޫގެ ގިނަ ލީޑަރުން ވަނީ ޕާޓީން ބޭރުކޮށް ވަކިކޮށްފައެވެ. އެމްޑީޕީގެ ރައީސްގެ މަގާމުން ޑރ. މުނައްވަރު ބޭރު ކުރުމުގެ އަޑީގައިވެސް ހުންނެވީ ރައީސް ނަޝީދުކަމަށް އޭރުވެސް ގިނަ ބަޔަކު ތުހުމަތުކުރިއެވެ. ޑރ. ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ބޭރު ކުރުމުގައިވެސް ރައީސް ނަޝީދު ހުންނެވި ކަމަށް އޭރުވެސް ވަނީ އަޑުފެތުރިފައެވެ. ވޭތުވެ ދިޔަ 16 އަހަރު ތެރޭގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވާ އެއްވެސް ބޭފުޅަކަށް އެމްޑީޕީގެ ތެރޭގައި ކެއްކޮށްލެވޭ ގޮތެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު