އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާކަން، ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ހާމަ ކުރެއްވުމާއިއެކު އޭނާއަށް ޕާޓީ ތެރެއިން އަމާޒު ވަމުންދާ ތުހުމަތުތަކުގެ ދިފާއުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ތެދުވެވަޑައިގެންފިއެވެ.
ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި އިއްޔެ ޝައުނާ ދެއްވި އިންޓަވިއުއަށްފަހު، އެމްޑީޕީގެ ތެރޭގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރަން ފަށާފައެވެ. އެގޮތުން، ޝައުނާގެ އަމިއްލަ އެ ނިންމެވުން ބަލައިގަތުމަށް އެންމެބޮޑަށް ދަތިފުޅުވި އެއް ބޭފުޅަކީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަބަދުވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޝައުނާ، ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވުމުން، ރައީސް ނަޝީދު ވަނީ، ޝައުނާ އުޅުއްވަނީ ވަޒީފާގެ ދިފާއުގައި ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވައި ޝައުނާގެ މިނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތުހުމަތު ތަކެއް ވެސް ކުރަށްވާފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ މީސްމީޑިއާގެ އެކި ގުރޫޕްތަކުގައި ވެސް ވަނީ ޝައުނާއާއިމެދު ދޮގު ތުހުމަތުތައް އަޅުވައި ފާޑުކިޔަން ފަށާފައެވެ. އެގޮތުން، ރައީސް ނަޝީދުގެ ފެކްޝަނުގައި ތިއްބެވި ބޭފުޅުން އެޑްމިންގައި ތިބި ބައެއް ގުރޫޕްތަކުގައި މިނިސްޓަރ ޝައުނާއަށް ކޮރަޕްޝަނުގެ ބޮޑެތި ތުހްމަތުތައް ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.
އޭގެ ތެރޭގައި މާލޭގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދު އެޑްމިންއަކަށް އިންނަވާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ވަޓްސްއަޕް ގުރޫޕެއްގައި އެމްޑީޕީގައި އުޅޭ ސިޔާމާ ކިޔާ ބޭފުޅަކު، ޝައުނާގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން ތިލަފުށީގައި ކުނި ނައްތާލަން ހިންގާ ޕްރޮޖެކްޓުން ތިން މިލިއަން ޑޮލަރު ޝައުނާ ނެންގެވި ކަމަށް ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދުކުރާ އެ މީހާ ތުހުމަތު ކޮށްފައިވެއެވެ. އަދި ލިބިވަޑައިގަންނަވާ މުސާރައާ ނުބައްދަލު އަގެއްގައި ހުޅުމާލެއިން އެޕާޓްމެންޓެއް ބައްލަވައިގެންފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
"ޝައުނާވެސް މިއީ ބޮޑު ކޮރަޕްޓްމީހެއް. މި މީހުން ކޮށްފައި ތިބި މި ކަހަލަ ކިތަންމެ ކަމެއްގެ ވާހަކަ ދެއްކިދާނެ." އެ ގުރޫޕްގައި ބުނެފައިވެއެވެ.
މި ތުހުމަތުތަކާއި ގުޅިގެން ރޮޒޭނާ މިއަދު ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވީ ވަރަށް މަދު އަންހެން ކަނބަލުންތަކެއް ކަމަށާއި އެ ފަރާތްތަކަށް ޕާޓީގެ ތެރެއިން އެގޮތަށް ހަނގާކޮށް ދޮގުތުހުމަތުކޮށް، އަބުރު ކަތިލުމަކީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ގިނަބަޔަކު ފާހަގަ ކުރާގޮތުގައި، ޝައުނާއަށް ރައްދުކޮށް ހަގީގަތެއްނެތް ތުހުމަތުތަކެއް ކުރަން ހިތްވަރަކަށްވީ ރައީސް ނަޝީދުގެ އަމަލުފުޅުތަކުންނެވެ. ރައީސް ނަޝީދު ޝައުނާއަށް ކުރެއްވި ތުހުމަތު އެމަނިކުފާނުގެ ފެކްޝަނުގެ އާއްމު މެމްބަރުން ތަކުރާރުކުރަމުން ގެންދާކަންވެސް ވަނީ ފާހަގަ ކުރެވިފައވެ. އެހެންކަމުން ރައީސް ނަޝީދު ބޭނުންފުޅުނުވާ މީހަކަށް ޕާޓީގެ މެންބަރުންނަށް ތާއީދުކުރެވެންވެސް ނެތީތޯ ބުނެ އާއްމު މެމްބަރުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިނިސްޓަރ ޝައުނާ ނޫނަސް އެމްޑީޕީ ސަރުކާރުގެ ގިނަ ވަޒީރުންތަކެއް މިހާރު ވެސް ވަނީ އިންތިޚާބުގައި ފައްޔާޒަށް ތާއީދު ކުރާކަން ހާމަކުރަށްވާފައެވެ. ނަމަވެސް މިހާތަނަށް ރައީސް ނަޝީދަށް ހަޖަމުކުރަށްވަން އެންމެ އުނދަގޫފުޅުވެގެން ދިޔަކަމަށް ބެލެވެނީ ޝައުނާ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވުމުންނެވެ.

MDPge leadership gai thibbevee v madhu anhen beyfulhun. Ebeyfulhunnah haassakoh party therein mi gothah hangaa koh dhogu thuhumathu koh aburu kathilumakee siyaasee dhaaira ah anhenun nerumah elhey v bodu huraheh. Mikan harukashi ibaaraathun kuvveri kuran.https://t.co/8T4GCpBgYA
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 5, 2022
އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ގިނަބަޔަކު ފާހަގަ ކުރާގޮތުގައި، ޝައުނާއަށް ރައްދުކޮށް ހަގީގަތެއްނެތް ތުހުމަތުތަކެއް ކުރަން ހިތްވަރަކަށްވީ ރައީސް ނަޝީދުގެ އަމަލުފުޅުތަކުންނެވެ. ރައީސް ނަޝީދު ޝައުނާއަށް ކުރެއްވި ތުހުމަތު އެމަނިކުފާނުގެ ފެކްޝަނުގެ އާއްމު މެމްބަރުން ތަކުރާރުކުރަމުން ގެންދާކަންވެސް ވަނީ ފާހަގަ ކުރެވިފައވެ. އެހެންކަމުން ރައީސް ނަޝީދު ބޭނުންފުޅުނުވާ މީހަކަށް ޕާޓީގެ މެންބަރުންނަށް ތާއީދުކުރެވެންވެސް ނެތީތޯ ބުނެ އާއްމު މެމްބަރުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިނިސްޓަރ ޝައުނާ ނޫނަސް އެމްޑީޕީ ސަރުކާރުގެ ގިނަ ވަޒީރުންތަކެއް މިހާރު ވެސް ވަނީ އިންތިޚާބުގައި ފައްޔާޒަށް ތާއީދު ކުރާކަން ހާމަކުރަށްވާފައެވެ. ނަމަވެސް މިހާތަނަށް ރައީސް ނަޝީދަށް ހަޖަމުކުރަށްވަން އެންމެ އުނދަގޫފުޅުވެގެން ދިޔަކަމަށް ބެލެވެނީ ޝައުނާ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު