ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު-19 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

މިއީ ސިއްޙީ ކުއްލި ޙާލަތުގައި ދެވޭ ފަރުވާގެ ޚިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ޖޫންމަހު ފެށި މަސައްކަތަކެވެ.

މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް މިނިސްޓްރީން އެސްޓީއޯއާ ޙަވާލުކޮށްފައިވާއިރު، އެހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސް ރަސްމީކޮށް އެތަކެތި ހެލްތް މިނިސްޓްރީއާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައެވެ.



ހެލްތު މިނިސްޓްރީން ބުނީ އެންމެފަހުން ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން 19 ރަށަކަށް ބޭނުންވާ އެމްބިއުލާންސް އެރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. މުރައިދޫ، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ށ. މާއުނގޫދޫ، ނ. ހޮޅުދޫ، ނ. ލަންދޫ، ނ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ހިތާދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. އޮމަދޫ، ދ. ބަނޑިދޫ، ދ. ހުޅުދެލި، ތ. ގުރައިދޫ، ލ. ފޮނަދޫ، ގއ. ދެއްވަދޫ، ގދ.ގައްދޫ އަދި ގދ. ހޯޑެއްދޫއެވެ.

މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ދޮޅި އެދުރު

06-May-2022

ނޫނު އަތޮޅު ގައި ހުޅުދުއްފާރު ކިޔާ މީހުން ދިރއުޅޭ ރަށެއް އޮންނަ ކަމެއް ނޭގެ.އެހެނަސް ސަރުކާރު މިނިސްޓުރީ ނޭޭގެތީ ދެރ ދޯ