އީދު ދުވަހު މާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.
އީދު ދުވަހު ވަނީ މާލޭގެ ދެ ސަރަޙައްދެއްގައި މާރާމާރީތަކެއް ހިނގާފައެވެ. ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައެވެ. އީދު ދުވަހު ފަތިހު 5:48 ހާއިރު ހިންގި އެ މާރާމާރީގައި 23 އަހަރުގެ ދިވެއްސަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ.
ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ. އީދު ދުވަހު ހެދުނު 9:17 ހާއިރު ހިންގި އެ މާރާމާރީގައި ދެ މީހަކު ޒަހަމްކޮށްލައިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އީދު ދުވަހު ޖަނަވާރީ މަގު، މަޖީދީ މަގު ގުޅޭ ހިސާބުގައި ހިނގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ/ އުނިމާގެ، ހަސަން ޒިޔަން އިބްރާހިމް (18 އަހަރު) އާއި 15 އަހަރުގެ ކުޑަ ކުއްޖެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރެއިން ހަސަން ޒިޔަން އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާކަމަށެވެ. އަދި 15 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި 2 މީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ 7 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު