--
--
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ކުރިޔަށް ގެންދާ ކެމްޕޭންގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޝިއާރު ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގު ތަކަށް އެޅި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކަށް "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސްތައް އެޅި މައްސަލަ މިއަދު ފަތިހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމާއި ގުޅިގެން އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ.

އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސްތައް އެޅި ސަރަހައްދުތަކުގެ ތެރޭގައި ރައީސް އޮފީސް، އިންޑިއާ ހައިކޮމިޝަން އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރި ހިމެނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ރިޔާސީ ގަރާރެއް ނެރުއްވާފައެވެ.

އެ ގަރާރަށްފަހުވެސް "އިންޑިއާ އައުޓް" ގެ އަކުރުތައް ބަދަލުކޮށް އިދިކޮޅުން ވަނީ އެޝިޢާރު ސިފަވާ ގޮތަށް ބެނާ ދަމާފައެވެ. އެ ބެނާތައްވެސް ފުލުހުން ވަނީ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު


6

ޚޮތަވާލިކޮއެ

06-May-2022

ޢައުޓް