ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯއެއް އާންމުކޮށްފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް" ގެ ނަމުގައި ޝޯޝަލް މީޑިޔާގައި ހިންގާ އެކައުންޓަކުން އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ހުސައިން ސައީދު ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ އެއީ "މޯލްޑިވްސް ޔޫތު ފޯސް" ކަމަށާ އެ ޓީމުގެ މެންބަރުން ނިކުންނަނީ ރައީސް ޔާމީން "ސައިޒް" ކުރަން ކަމަށެވެ.
ފުލުުހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ކުރީގެ ރައީސް ޔާމީނަށް އިންޒާރު ދީފައިވާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މިމަހުގެ 2 ވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދިނުމަށް އެދި މިމަހުގެ 3 ވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން މި ސިޓީތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށްވެސް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ހުށައަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނެވެ.

ކިޔުންތެރިންގެ ހިޔާލު