ރަންވޭ މަތިން ކަހާލި މަތިންދާބޯޓު
ރަންވޭ މަތިން ކަހާލި މަތިންދާބޯޓު
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއް ރަންވޭއަށް ތިރިކުރުމުގެ ތެރޭގައި ރަންވޭމަތިން ކަހާލައިފިއެވެ.

މި ހާދިސާ ދިމާވެފައިވަނީ ކައްދޫ އެއަރޕޯޓަށް މިރޭ 19:45 ހާއިރު ޖެއްސި ފްލައިޓަކަަށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް ފަސިންޖަރަކަށް އަދި ކުރޫއަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.



މޯލްޑިވިއަނުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާކަމަށެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ރަންވޭމަތިން މަތިންދާބޯޓު ކަހާލުމުގެ ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެެވެ.



ކިޔުންތެރިންގެ ހިޔާލު