އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނުރުހިއްޖެ ކޮންމެ މީހަކުވަނީ ވަގަކަށް ކަމަށާއި، ރައީސް މައުމޫނުވެސް އެހިސާބަށް ނުދާކަމަށް، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ އިއްޔެ ދެއްވި އިންޓަވިއުއަކާއި ގުޅިގެން، އެމްޑީޕީގެ ތެރެއިން އެކަމަނާއަށް ވަނީ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުވެފައެވެ.
އެގޮތުން، ޝައުނާގެ އަމިއްލަ އެ ނިންމެވުން ބަލައިގަތުމަށް އެންމެބޮޑަށް ދަތިފުޅުވި އެއް ބޭފުޅަކީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަބަދުވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޝައުނާ، ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވުމުން، ރައީސް ނަޝީދު ވަނީ، ޝައުނާ އުޅުއްވަނީ ވަޒީފާގެ ދިފާއުގައި ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވައި ޝައުނާގެ މިނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތުހުމަތު ތަކެއް ވެސް ކުރައްވާފައެވެ.
ރައީސް ނަޝީދު، ޝައުނާއަށް ރައްދުދެއްވުމުން، އެމްޑީޕީގައި ތިބި އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ވެސް ދަނީ ރައީސް ނަޝީދުގެ އެ އަމަލު ބަލައި ނުގަނެވޭނެ ކަމަށް ބުނަމުންނެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާއި ގުޅިގެން، އިބްރާ މިއަދު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިބްރާ ވިދާޅުވީ، ރައީސް ނަޝީދު ނުރުހިއްޖެނަމަ އެމީހަކު ވާނީ ވަގު، ކޮރަޕްޓް މީހަކަށް ކަމަށާއި އަދި ހެއްކަކީ، ރައީސް ނަޝީދުގެ އަތްޕުޅުގައި އެމަނިކުފާނަށް އެކަނި ފެންނަން އޮންނަ ކޮންމެވެސް އެއްޗެއް ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން، ގަބޫލު ނުކުރާ މީހަކީވެސް ވަގެއް ކަމަށާއި ނުވަތަ އެމީހަކު ވާނީ ވައްކަމަށް ހިތްވަރު ދޭ މީހަކަށް ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
"އެމްޑީޕީގެ އަސްލު އުސޫލުގައި ތިބީ، އަންނިއާއި އަންނިގެ ބައިގަނޑު ކަމަށް ބުނާއިރު، އަހަރެމެން އެމްޑީޕީ އުފެއްދި މީހުން އެންމެ ބޮޑަށް ވަކާލާތުކުރި އެއް ކަމަކީ ސާބިތު ނުހިފޭ ތުހުމަތުތަކަށް މީހުންނަށް ހުކުމްނުކުރުމަށް. މިއަދު މިއޮތީ އަންނި ނުރުހިއްޖެ ކޮންމެ މީހަކަށް އޭނާ ހުކުމް އިއްވުން." އިބްރާ ވިދާޅުވިއެވެ.
މިވާހަކަތަކަށްފަހު އިބްރާ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ވެސް މިހިސާބަށް ވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ހިފަހައްޓާފައި އޮންނަ އުސޫލުތަކުގެ ވާހަކަ އެންމެ ގިނައިން ދައްކަވާ އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށްވާއިރު އެމަނިކުފާނުގެ ބަސްމަގާއި އަމަލުތައް މިފަހަކަށް އައިސް ހުންނަގޮތުން ޕާޓީ ތެރޭގައި ދަނީ ބޮޑެތި ދެބަސްވުންތައް އުފެދެމުންނެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން ރައީސް ނަޝީދު ތާއީދު ކުރަށްވާ އިމްތިޔާޒު ފަހުމީއަށް ތާއީދު ނުކުރާ ނުވަތަ އޭނާއާއި ވާދަކުރަށްވާ ފައްޔާޒު އިސްމާއީލަށް ތާއީދުކުރާ ފަރާތްތަކާ ދޭތެރޭގައި ރައީސް ނަޝީދު ގެންދަވަނީ ތަފާތު ތުހުމަތުތައް ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު