ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރު، އަބްދުﷲ ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން އުޅޭ ބަޔަކު ޕީޕީއެމް ތެރޭގައި އުޅޭކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާ އަލީ މިހެން ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިކުރިކަމަށް ބުނާ ވާހަކަތައް ދޮގުކޮށް ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެވެ.
ނަހުލާ ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކޮށްފައި ނުވާކަމަށާއި ފަތުރަމުން ދަނީ ދޮގު ހަބަރެއްކަމަށެވެ.
ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އޭނާއަށް އެންގިކަމަށާއި، އަދި އޭނާ އެކަން ނުކުރުމުން ކެންޑިޑޭޓް ލައްވާ ނަން ނަގުވާފައިވާކަމަށެވެ. އަދި އެ ޓިކެޓް ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ބޭނުންފުޅުވި ކެންޑިޑޭޓަކަށް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައ-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ކާމިޔާބުނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކުރާނެކަމަށް ބުނެ ޝުޖާއު އިންޒާރުދެމުންދާ ކަމަށެވެ.
"މާލެ ސިޓީގެ މޭޔަރ ކުރިފުޅުމަތީ، ސިޓީ ކައުންސިލް އޮފީހުގައި މުވައްޒަފުންގެވެސް ކުރިމަތީ ވަނީ އިންޒާރު ދީ ބިރު ދައްކާފައި. މިކަން ވާނީ މޭޔަރގެ ވެސް ހާޒިރުގައި ޕީޕީއެމްގެ ލީޑަރޝިޕަށް ހުށަހަޅާފައި." އާންމުކޮށް ދޭތެރެދޭތެރެއިން ޕީޕީއެމްގެ ކައުންސިލަރުންނާ މައްސަލަޖެހި މިފަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭގައި އޭނާއާ ބެހޭގޮތުން މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ޝުޖާއު ފަތުރަމުންދާ ކަމަށެވެ.
"ކޮންމެ ކަމެއް ކުރިޔަސް ކޮންމެ ގޮތެއް ހެދިޔަސް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އަޅުގަނޑު އިސްކުރާނެ. ވިލިމާލެ ދާއިރާއަށް ޚިދުމަތް ކުރުމުގައި ފިކުރު ތަފާތުނުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ." ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ އޭނާ ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔަމީންކަމަށެވެ. އަދި ރައީސް ޔަމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމްގެ ތެރެއިން ވަރަށް ބޮޑުކަމަށް ނަހުލާ ވިދާޅުވިއެވެެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު، އަބްދުﷲ ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން އުޅޭ ބަޔަކު ޕީޕީއެމް ތެރޭގައި އުޅޭކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ވިދާޅުވިއިރު، އެފަދަ ވާހަކަތައް ބައެއް ސިޔާސީ ބޭފުޅުންގެ ތުންތުންމަތިންވެސް އިވެއެވެ. އެގޮތުން ރައީސް ޔާމީންގެ ބަދަލުގައި ކުރީގެ އެހެން ރައީސަކާއި ގުޅުން އޮންނަ ބޭފުޅަކު ވެރިކަމަށް ގެންނަން ޕީޕީއެމް ތެރޭގައި އުޅޭ ބަޔަކު މަސައްކަތް ކުރާކަމުގެ އަޑު ކޮންމެވެސް ވަރަކަށް ދަނީ އިވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު