ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ ތަކުގެ ތެރޭގައި ލައިބްރަރީއެއް ގާއިމުކޮަށްފިއެވެ.

މުޒާހަރާ ތަކުގެ ތެރޭގައި ލައިބްރަރީއެއް ގާއިމުކުރުމުގެ މަގްސަދަކީ، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ އަޒުމު ވަރުގަދަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހުނަރު ދައްކައިދިނުން ކަމަށްވެއެވެ. މިލައިބްރަރީ ހުޅުވާފައި ވަނީވެސް، "އެންމެ ވަރުގަދަ ހަތިޔާރަކީ ފޮތް" ކަމަށް ބުނާ ސްލޯގަންގެ ދަށުންނެވެ.

ސޯޝަލް މީޑިއާގެ ޕޯސްޓަކުން ފުރަތަމަ ފެށުނު މި ލައިބްރަރީ މިހާރު ގާއިމުކޮށްފައި ހުރީ މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހުރި ބޮޑު ޓެންޓެއްގެ ތެރޭގައެވެ.

ސްރީލަންކާގައި ތަކެތީގެ އަގުބޮޑުވެ، ކާބޯތަކެއްޗާއި ތެލަށް ޖެހުމުން ސަރުކާރާ ދެކޮޅަށް އާންމުން ނިކުމެ މުޒާހަރާ ކުރާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ކުރިއަށްދާ މިމުޒާހަރާތައް މިހާރު ކުރިއަށްދަނީ ރައީސް އޮފީސް ކުރިމަތީގައެވެ. މުޒާހަރާ ކުރަމުންދާ މީހުން ދަނީ ރައީސް އޮފީސް ދޮށުގައި ޓެންޓު ޖަހައި ކޭމްޕުކޮށްގެން ތިބެ، ސްރީލަންކާގެ ރައީސް ގޮޓަބަޔަ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން