މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ، ބައި-އިލެކްޝަން ކެމްޕެއިންގައި ޕާޓީއާ ދެކޮޅަށް އެންޓި ކެމްޕެއިންކުރާތީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފަށައިފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ ޕީޕީއެމްެ މެންބަރު ނަޙުލާ ޢަލީ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓްގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނީ ޕާޓީގެ ޢާންމު މެންބަރުން ގާތުގައާއި، ސޯޝަލް މީޑިއާގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ނަހުލާ ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާގެ މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުންގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުންކަމަށެވެ.
މީގެ އިތުރުންވެސް، ޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށްގެން، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާކަންވެސް ފާހަގަކުރެވޭކަމަށް ބަޔާނުގައިވެއެވެ. އަދި މިކަންކަން ކުރުމުގައި ނަޙުލާއަލީއާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ، އާއި ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް ހިމެނޭކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން ނަހުލާ ޢަލީގެ އިތުރުން އާމިނަތު ލީލާގެވެސް ސުލޫކީ މައްސަލައެއް ބަލަމުންދާކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ނަޙުލާ ޢަލީ އަދި އާމިނަތު ލީލާއާ ގުޅިގެން ސުލޫކީ ކޮމިޓީން ބަލަމުންގެންދާ މައްސަލަ ކުރިއަށް ގެންދިއުމުގައި އެދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމަށްވެސް ޕީޕީއެމުން ބުނެއެވެ.
އެންޓި ކެމްޕެއިންކުރާތީ ނަހުލާގެ މައްސަލަ ބަލަން ފަށާފައިވާއިރު ނަހުލާ އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އޭނާއަށް އެންގިކަމަށާއި، އަދި އޭނާ އެކަން ނުކުރުމުން ކެންޑިޑޭޓް ލައްވާ ނަން ނަގުވާފައިވާކަމަށެވެ. އަދި އެ ޓިކެޓް ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ބޭނުންފުޅުވި ކެންޑިޑޭޓަކަށް ކަމަށެވެ.
ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ކާމިޔާބުނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކުރާނެކަމަށް ބުނެ ޝުޖާއު އިންޒާރުދެމުންދާ ކަމަށެވެ.
"މާލެ ސިޓީގެ މޭޔަރ ކުރިފުޅުމަތީ، ސިޓީ ކައުންސިލް އޮފީހުގައި މުވައްޒަފުންގެވެސް ކުރިމަތީ ވަނީ އިންޒާރު ދީ ބިރު ދައްކާފައި. މިކަން ވާނީ މޭޔަރގެ ވެސް ހާޒިރުގައި ޕީޕީއެމްގެ ލީޑަރޝިޕަށް ހުށަހަޅާފައި." އާންމުކޮށް ދޭތެރެދޭތެރެއިން ޕީޕީއެމްގެ ކައުންސިލަރުންނާ މައްސަލަޖެހި މިފަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭގައި އޭނާއާ ބެހޭގޮތުން މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ޝުޖާއު ފަތުރަމުންދާ ކަމަށެވެ.
ނަހުލާ ވިދާޅުވީ އޭނާ ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔަމީންކަމަށެވެ. އަދި ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމްގެ ތެރެއިން ވަރަށް ބޮޑުކަމަށް ނަހުލާ ވިދާޅުވިއެވެެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

ނޫސް ބަޔާން
— Progressive Party of Maldives (@ProgressPartyMV) May 6, 2022
މިޕާޓީއާއި މިޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ނަހުލާ ޢަލީ ދައްކަމުން ގެންދަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް pic.twitter.com/OePBzyh7eg
އެންޓި ކެމްޕެއިންކުރާތީ ނަހުލާގެ މައްސަލަ ބަލަން ފަށާފައިވާއިރު ނަހުލާ އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނަހުލާގެ ފަރާތުން ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އޭނާއަށް އެންގިކަމަށާއި، އަދި އޭނާ އެކަން ނުކުރުމުން ކެންޑިޑޭޓް ލައްވާ ނަން ނަގުވާފައިވާކަމަށެވެ. އަދި އެ ޓިކެޓް ދީފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ބޭނުންފުޅުވި ކެންޑިޑޭޓަކަށް ކަމަށެވެ.
ނަހުލާ ވިދާޅުވީ ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓަށް ކާމިޔާބުނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކުރާނެކަމަށް ބުނެ ޝުޖާއު އިންޒާރުދެމުންދާ ކަމަށެވެ.
"މާލެ ސިޓީގެ މޭޔަރ ކުރިފުޅުމަތީ، ސިޓީ ކައުންސިލް އޮފީހުގައި މުވައްޒަފުންގެވެސް ކުރިމަތީ ވަނީ އިންޒާރު ދީ ބިރު ދައްކާފައި. މިކަން ވާނީ މޭޔަރގެ ވެސް ހާޒިރުގައި ޕީޕީއެމްގެ ލީޑަރޝިޕަށް ހުށަހަޅާފައި." އާންމުކޮށް ދޭތެރެދޭތެރެއިން ޕީޕީއެމްގެ ކައުންސިލަރުންނާ މައްސަލަޖެހި މިފަދަ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭގައި އޭނާއާ ބެހޭގޮތުން މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ޝުޖާއު ފަތުރަމުންދާ ކަމަށެވެ.
ނަހުލާ ވިދާޅުވީ އޭނާ ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔަމީންކަމަށެވެ. އަދި ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމްގެ ތެރެއިން ވަރަށް ބޮޑުކަމަށް ނަހުލާ ވިދާޅުވިއެވެެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.
ކިޔުންތެރިންގެ ހިޔާލު