އޯލެވެލް އިމްތިހާނާއި ދިމާކޮށް ކޮންމެ ހުކުރު ދުވަހަކު މާލެއާއި ވިލިމާލެއާ ދެމެދު އިތުރު ފެރީއެއް ބޭއްވުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ މިއީ އޯލެވެލް އިމްތިހާނަށް މާލެއަށް އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ ފެރީއެއް ކަމަށާއި މި ފެރީ އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 1:10ގައި ކަމަށެވެ.
އެމްޓީސީސީން ބުނީ މިފެރީގެ ސަބަބުން ހުކުރު ދުވަހު އޯލެވެލް އިމްތިހާނަށް ވިލިމާލެއިން މާލެ އަންނަ ދަރިވަރުންނަށް އިތުރު ލުއިފަސޭހައެއް ލިބިގެންދާނެކަމަށެވެ.
އޯލެވެލް އިމްތިހާނު ،މިމަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ފަށާފައިވާއިރު، ޖޫން މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާނު ކުރިއަށްދާނެއެވެ. އެމްޓީސީސީން ބުނީ އިތުރުކުރި ފެރީގެ ޚިދުމަތް އޯލެވެލް އިމްތިހާނު ނިމެންދެން މެދުނުކެނޑި ކުރިއަށްދާނެކަމަށެވެ.
އެމްޓީސީސީން މީގެ ކުރިން ކޮންމެ ހުކުރު ދުވަހެއްގައި މާލެއާއި ވިލިމާލެއާ ދެމެދު ފެރީ ދަތުރުތައް ފަށަނީ މެންދުރު 1:30 ގެ ފަހުންނެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 5939 ދަރިވަރުން ބައިވެރިވެއެެވެ.

Thank you CEO of @MTCCPlc, @adamazim and his team for arranging this. We really appreciate it.😊 pic.twitter.com/s1BBjavBAo
— Ministry of Education (@MoEdumv) May 5, 2022
އޯލެވެލް އިމްތިހާނު ،މިމަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ފަށާފައިވާއިރު، ޖޫން މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާނު ކުރިއަށްދާނެއެވެ. އެމްޓީސީސީން ބުނީ އިތުރުކުރި ފެރީގެ ޚިދުމަތް އޯލެވެލް އިމްތިހާނު ނިމެންދެން މެދުނުކެނޑި ކުރިއަށްދާނެކަމަށެވެ.
އެމްޓީސީސީން މީގެ ކުރިން ކޮންމެ ހުކުރު ދުވަހެއްގައި މާލެއާއި ވިލިމާލެއާ ދެމެދު ފެރީ ދަތުރުތައް ފަށަނީ މެންދުރު 1:30 ގެ ފަހުންނެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 5939 ދަރިވަރުން ބައިވެރިވެއެެވެ.
ކިޔުންތެރިންގެ ހިޔާލު