6 މޭގެ ހަމަލާގެ އަޑީގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީޙުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ މީގެ އެއްއަހަރު ކުރިން ރައީސް ނަޝީދަށް ދިން އެ ހަމަލާއަކީ މި ޤައުމަށް ސިހުން ގެނުވި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްކަމަށެވެ.



ޝާހިދު ވިދާޅުވީ މި ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އިންސާފު ޤާއިމްކުރެވެން ޖެހޭނެކަމަށެވެ.

މިދިޔަ އަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހުގެރޭ އިރާކޮޅު ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެއެވެ. މިހަމަލާގައި ރައީސް ނަޝީދަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖެއާއި ރާއްޖެެއިން ބޭރުން ފަރުވާ ހޯއްދަވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު