130 މީހުންނާއެކު މާލެ ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ.
ފުލުހުން ދެންމެ ބުނީ، ޖުމުލަ 130 ފަޅުވެރިންނާއެކު ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު މިރޭ 8:31 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
"ފުރާގު 2" ނަމަކަށް ކިޔާ އެ ބޯޓު ފަރަށް އެރި ސަރަހައްދުގައި ފުލުހުންގެ އިތުރުން ސިފައިންވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަރަށް އަރާފައި ވަނީ ޅ. ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށް ކަމަށެވެ.
އެ ބޯޓުގައި ތިބި މީހުން ޅ. ނައިފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު