ނާއިބު ރައީސް ފައިސަލް ނަސީމް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.
މިބައްދަލުވުމުގައި އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. އަދި ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ.
ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ތިމާވެށީގެ މައްސަލައިގައި ރާއްޖެއިން ކުރާ މަސައްކަތަށް ތަޢުރީފްކޮށް، އެކަމުގައި އެމަނިކުފާނުގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތަކަށް އިތުރު މާލީ އެހީތެރިކަމާއި ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އދގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތައުރީފް ކުރެއްވިއެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިގްތިސާދީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ބޭނުންވާކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހެޔޮއެދުންތައް ފޮނުއްވެވުމަށް ނާއިބު ރައީސް އަރިހުގައި ދަންނަވާފައެވެ.
ނާއިބު ރައީސް އެމެރިކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރައްވަން ކުރެއްވި ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު